ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއި ގާތްވެއްޖެއެވެ.
އުނގޫފާރުގެ މަގު ހެދުމުގެ މަސައްކަތްކުރަމުންދާ އެމްޓީސީސީން ބުނީ، ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މިގޮތުން ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތަރުއަޅާ ވަނީ ނިންމާލާފައެވެ.
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައި. މިގޮތުން ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތަރުއަޅާ ވަނީ ނިމިފައި. #MTCCProjects #RayyithungeKunfuni pic.twitter.com/AodZk3tiVI
— MTCC Plc (@MTCCPlc) October 10, 2021
އުނގޫފާރާކީ އެ އަތޮޅުގެ ގިނަ ރަށްތަކެއްގެ އިތުރަށް އެހެނިހެން އަތޮޅުގެ ރައްޔިތުންވެސް ސިއްޚީ ޚިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާ ރަށެކެވެ. މިފަދަ ދަތުރުތަކުގައި އެރަށަށް ދާ މީހުންނާއި ޚާއްސަކޮށް ރައްޔިތުންނަށްވެސް ދަތިވާ ކަންތައްތަކުގެ ތެރޭގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުން ފާހަގަކޮށްލެވެއެވެ. ވާރޭ ވެހިއްޖެނަމަ ފެންބޮޑުވެ، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށްވެސް އެކި ތަކުލީފްތަކާ ކުރިމަތިލާންޖެހެއެވެ. ޚާއްސަކޮށް ފައިމަގުގައި އުޅޭ ފަރާތްތަކަށް ދަރިވަރުން ގޮވައިގެން ސްކޫލަށް ދާން ޖެހެނީ ފެންކޯރަށް އެރިގެންނެވެ.
ނޫންނަމަ ތިބެންޖެހެނީ ކުދިން ސްކޫލަށް ނުގެންގޮހެވެ. މިމައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ފެންހެދޭ ވަގުތުތަކުގައި ފެން ހިންދުމަށް ޚާއްސަ ނިޒާމެއް ޤާއިމްކުރުމާ މަގުބައްތިތައް ހަރުކޮށް މަގުތަކުގައި ދުވެލިމަތަ ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން ހިމެނެއެވެ. މި މަސައްކަތަށް 30 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރެއެވެ.
ކޮމެންޓު ފޮނުވާ