ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގުނު އެންމެބޮޑު ކޮރަޕްޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން އެންމެބޮޑަށް މަންފާވި އެއްބޭފުޅަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުކަމަށް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ހޯދާފައިވާކަމަށް ތުހުމަތުކުރައްވައި ޝުއައިބް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭރުގެ ރައީސަކަށް ހުންނެވި ރައީސް އަބްދުﷲ ޔާމީންއާއި، ނައިބް ރައީސް އަހުމަދު އަދީބް ރާއްޖޭގެ ބިންމިލްކުވެރި ކުރުމަށް ކުރެއްވި މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ރައީސް ނަޝީދުކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާވަނީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުންނަށް ސޮދަޤާތްކޮށްފައިކަމަށް ޝުއައިބް ވިދާޅުވިއެވެ.
MMPRC khiyaanaathuge vagu faisaa in emme bodu manfaaeh hoadhee @MohamedNasheed
MDP ge leaderunnah efaisaa in vanee sodhagaaiy koffa.
QA ah badhalu genes binvikkumaa RJ/VP ge umurah badhalu genaee RN UK ah fonuvan seedhaa RN ge oder ah.
Haqeegathuge machah fasalhaa nuforuveyne pic.twitter.com/t28ciwnu9U
— Shuaib Ali ?? (@ShuaibMaldives) November 1, 2020
ދާދިފަހުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާގައި ގުޅިގެން މިހާތަނަށް އެމަނިކުފާނަށް 70،000 ޓެކްޓް މެސެޖް ލިބިފައިވާކަމަށެވެ. މިމެސެޖްތަކަކީ ހިފަހައްޓައިގެން ތާއަބަދު ހުރުމަށްވުރެ އާންމުންނަށް ދޫކޮށްލާނެ މެސެޖްތަކެއްކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
މަޖިލިސް ރައީސް ވިދާޅުވީ މީގެ ތެރެއިން ބައެއް މެސެޖްތަކުން ވަރަށް ސާފުކޮށް ފައިސާ އަށް ވީގޮތާއި، އެމުއާމަލާތު ހިނގާފައިވާގް އެގޭކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.