ރާއްޖޭގެ ތާޢީދާއެކީ، ސާފު ޖައްވަކަށް ނޭވާލުމަކީ ކަށަވަރު ވާންޖެހޭ އިންސާނީ ހައްގެއްގެ ގޮތުގައި ޔޫއެންއިން ކަޑައަޅައިފި

ރާއްޖޭގެ ތާޢީދާއެކީ، ސާފު ޖައްވަކަށް ނޭވާލުމަކީ ކަށަވަރު ވާންޖެހޭ އިންސާނީ ހައްގެއްގެ ގޮތުގައި ޔޫއެންއިން ކަޑައަޅައިފި

Author
ހުސެއިން
09 އޮކްޓޯބަރ 2021 08:15
0

ސާފު އަދި ސިއްޙީ ގޮތުން ދުޅަހެޔޮ ޖައްވަކަށް ނޭވާ ލާން ފުރުސަތު ލިބުމަކީ ލިބިގެންވާ އިންސާނީ ހައްގެއްގެ ގޮތުގައި، ޔޫއެން ހިއުމަންރައިޓްސް ކައުންސިލުން ނިންމައިފިއެވެ.

ޔޫއެންގެ އިންސާނީ ހައްގުތަކާބެހޭ މަޖިލިހުން، ސާފުވައި ލިބޭ، އަދި ސިއްޙީގޮތުން ދުޅަހެޔޮ ޖައްވަކަށް ނޭވާލާން ފުރުސަތު ލިބިގެން ދިއުން އެއީ ކަށަވަރުވާންޖެހޭ އިންސާނީ އަސާސީ ހައްގެއްގެ ގޮތުގައްގެ ގޮތުގައި ބަލައިގަތުމުން، ޔޫއެންގެ އިންސާނީ ޙައްގުތަކާބެހޭ ކައުންސިލުގެ މިނިންމުމުގެ ނަތީޖާއެއްގެ ގޮތުން ތިމާވެއްޓަށް އަންނަން ނޭދެވޭ ބަދަލުތަކާއި އަދި އޭގެ ނަތީޖާއެއްގޮތުން، މި ނިންމުން ވެގެންދާނި ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ނުރައްކާތަކުން ސަމާމަތްވުމަށް ބައިނަލްއަގުވާމީ ގޮތުން ކުރެވެމުން އަންނަ މަސައްކަތްތަކަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމަކަށެވެ.

ސާފު އަދި ސިއްޙީ ގޮތުން ދުޅަހެޔޮ ޖައްވަކަށް ނޭވާ ލާން ފުރުސަތު ލިބުމަކީ ލިބިގެންވާ އިސާނީ ހައްގެއްގެ ގޮތުގައި ބަލައިގަތުމަށް ހިއުމަން ރައިޓްސް ކައުންސިލްގައި ނެގުނު ވޯޓަށް އެކައުންސިލްގައި މެޖޯރިޓީ ގައުމުތަކުގެ ބޮޑު ތާއީދެއް ލިބިގެން ދިޔަނަމަވެސް، އެމެރިކާ އަދި އިނގިރޭސިވިލާތުންވަނީ ކައުންސިލްގެ މިނިންމުމަށް ވަރަށްބޮޑަށް ފާޑު ކިޔާފައެވެ. މި ވޯޓަށް އެންމެ ބޮޑަށް ތާއީދުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއާއ،ި ކޮސްޓަރިކާއާއި، ސުވިޒަރލޭންޑް ހިމެނެއެވެ.

ޔޫއެންގައި އެންމެ ފުރަތަމަ 1990ވަނަ އަހަރު މަޝްވަރާ ކުރެވިގެންދިޔަ، މިހަފްތާގެ ހުކުރުދުވަހު އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ފާސްކުރި ގަރާރަކީ ދުނިޔޭގެ ގައުމުތަކުން އަމަލުކުރުން ގާނޫނީގޮތުން ލާޒިމް ގަރާރަކަށް ވެގެން ނުދިޔަ ނަމަވެސް، މިގަރާރުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ގައުމުތަކުން އަމަލުކުރާ އުސޫލުތައް މި ގަރާރުގެ ތެރެއަށް ފެއްތުމަށް ގައުމުތަކުގެ މައްޗަށް އެޅޭ ވަރަށްބޮޑު ބާރަކަށް މިގަރާރު ވެގެންދާނެއެވެ.

ތިމާވެއްޓާބެހޭ ގާނޫނުތައް އެކުލަވާލުމުގައި މަސައްކަތް ކުރާ ގާނޫނީ ފަރާތްތަކުން ވިދާޅުވެފައިވާ ގޮތުގައި، މި ގަރާރުގެ ނަތީޖާއެއްގެ ގޮތުން، ތިމާވެއްޓާއި އިންސާނީ ހައްގުތަކާގުޅޭ ކަންކަމުގައި އިތުރަށް ހެކި ދައްކާ ހުއްޖަތް ގާއިމު ކުރުމުގައި މިގަރާރުގެ ސަބަބުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ބުނާގޮތުގައި، ޔޫއެންއިން މި ގަރާރު ރަސްމީކޮށް ބަލައިގެންފިނަމަ، ވަށައިގެންވާ މާހައުލަކީ ސާފު މާހައުލަކަށް ވެގެން ދިއުމަކީ ލިބިގެންވާ ގާނޫނީ ހައްގެއްކަމުގައި މިހާރުވެސް ބަލައިގެންފައިވާ ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުތަކުގެ ލިސްޓުގައި ހިމެނިގެން ދިއުމަށް ބާކީހުރި ގައުމުތަކަށް މިގަރާރު ވަރަށް ބޮޑު ޕްރެޝަރއަކަށް ވެގެން ދާނެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އަންދާޒާ ކުރާގޮތުގައި، ދުނިޔޭގައި ކޮންމެ އަހަރަކުވެސް މަރުވަމުންދާ މީހުންގެ ތެރެއިން 13.7 މިލިއަން މީހުންނަކީ، ވައި ނުސާފު ވުމާއި، އަދި ވިހަ މާއްދާތަކުން މާހައުލު ތަޢައްޔަރުވުމާއި ގުޅުންހުރި، ތިވާށީގެ މައްސަލަތަކުގެ ސަބަބުން ދުނިޔޭ ދޫކުރާ މީހުންނެވެ. މިއީ ކޮންމެ އަހަރަކުވެސް ދުނިޔޭގައި މަރުވާ މީހުންގެ 24.3 އިންސައްތައެވެ.

"ގައުމީ ނިސްބަތަކުން ބަލާނަމަ، މި ހައްގުގެ ނަތީޖާއެއްގެ ގޮތުން، ގައުމުތަކުގެ ސަރުކާރުތައް ޒިންމާދާރުކުރުވުމުގައި، ގައުމުތަކުގެ އާންމު ރައްޔިތުން ބާރުވެރި ކުރުވާނެ، އަދި ވަކީން ޚާއްސަކޮށް ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކުގައި،" ޔުނިވާސަލް ރައިޓްސް ގުރޫޕް ތިންކް ޓޭންކްގެ މާރކް ލިމޮން ވިދާޅުވިއެވެ.

"އެމެރިކާ، ރަޝިއާ އަދި އިނގިރޭސިވިލާތްފަދަ ބައެއް ގައުމުތައް މިގަރާރަށް ތާއީދު ނުކުރާ ހަގީގީ ސަބަބަކީ މިއީ."

މިއަހަރު، އިނގިރޭސިވިލާތުގެ ގްލަސްގޯވްގައި ބޭއްވުމަށް ހަމަޖެހަފައިވާ، ދުނިޔޭގެ ތިމާވެއްޓާ ބެހޭ ޚާއްސަ ސަމިޓް (COP26)ގެ ހޯސްޓުކުރާ ގައުމުގެ ހައިސިއްޔަތުން، އިނގިރޭސިވިލާތުން މި ގަރާރާ ދެކޮޅު ހަދާފައިވާތީ، މި ސަމިޓްގެ އޮބްޒާވަރުން ވަނީ އިނގިރޭސިވިލާތަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.