މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑުތަކުން ހަމަޔަކަށް އެޅިފައިވާ ކޯވިޑް19 ހާލަތު އެންމެ ގޯސްވެގެން ދިޔަ ދަނޑިވަޅުފައިވެސް، އަދި ޖުމްލަކޮށް މި ކާރިސާގެ ތެރޭގައި ދުނިޔޭގައި އޮތް އެންމެ ރައްކާތެރި ސިޓީގެ ގޮތުގައި، ކޯވިޑް އިންޑެކްސްގެ އެންމެ މަތިން ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަން ޖާގަ ހޯދާއިފިއެވެ.
ދުނިޔޭގައި ކޯވިޑް ކާރިސާގެ ތެރޭގައި އެންމެ ރައްކާތެރި ސިޓީއެއްގެ ގޮތުގައި ކޯޕަންހޭގަން ހޮވިފައިވަނީ، ކޯވިޑް އިންޑެކްސްގައި ކަނޑައަޅާފައިވާ ތިމާވެށީގެ ރައްކާތެރިކަން ކަނޑައަޅާ މިންގަޑުތަކާއި ގުޅިގެންނެވެ. މީގެތެރޭގައި، (އިއާދަކުރަނިވި ހަކަތެ ބޭނުން ކުރެވޭ ނިސްބަތުން ދެވޭ އިސްކަންވެސް ހިމެނޭގޮތުން) ވައިގެ ސާފުކަމާއި، ވޭސްޓް މެނޭމަންޓާއި ރަށްފުށު ދިރިއުޅުމާއި އަދި ވަށައިގެންވާ ގަސްގަހާ ގެހީގެ ނިސްބަތްވެސް ހިމެނިގެން ގޮސްފައި ވެއެވެ.
"މި ޕެންޑަމިކްގެ ތެރޭގައި ޕާރކްތަކާއި، ގިނައިން ގަސް ހައްދާފައިވާ ސަރަހައްދު ތަކާއި، އަދި ފަސޭހައިން ފެން ދައުރުވާގޮތަށް ހަދާފައި ހުންނަ އާންމު ތަންތަނުގެ ބޭނުން މީހުން ދިޔައީ ވަރަށް ބޮޑަށް ކުރަމުން" ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެއް ކަމުގައިވާ ކޯޕަންހޭގަން ކެޕޭސިޓީގެ ސީއީއޯ ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ކޯޕަންހޭގަން އިންވަނި ކޯވިޑް ޕެންޑަމިކް ތެރޭގައި، ކޯވިޑް19ގެ ބިޔަ ޓެސްޓު ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިޔަށް ގެންގިސްފައެވެ. މި ޕްރޮގްރާމްގައި ބޭނުން ކޮންމެ މީހަކަށް ހިލޭ ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ގޮސްފައި ވެއެވެ. މީގެތެރޭގައި އެ ސިޓީއަށް ޒިޔާރަތް ކުރާ ފަތުރުވެރިންވެސް ހިމެނެއެވެ.
ކޯވިޑް ޕެންޑަމިކްގައި ދުނިޔޭގެ ދެނައަށް އެންމެ ރައްކާތެރި ސިޓީއަކަށް ކޯވޮޑް އިންޑެކްސްއިން ހޮވިފައިވަނީ ކެނެޑާގެ ޓޮރޮންޓޯއެވެ. 3 ވަނައަށް ސިންގަޕޯރު ރޭންކު ކުރެވިފައިވާއިރު، 4 ވަނައަށް ރޭންކު ކުރެވިފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީއެވެ. އަދި 5 ވަނައަށް ރޭންކު ކުރެވިގައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއެވެ.
ކޮމެންޓު ފޮނުވާ