ޤައުމީ ދުވަހު ލިބޭ އެންމެ ބޮޑު އުފަލަކީ މެލޭރިއާ އަށް ވެކްސިނެއް ލިބުން: ނަޝީދު

ޤައުމީ ދުވަހު ލިބޭ އެންމެ ބޮޑު އުފަލަކީ މެލޭރިއާ އަށް ވެކްސިނެއް ލިބުން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2021 12:13
0

ދިވެހިން މިއަދު ފާހަގަ ކުރަމުންދާ ޤައުމީ ދުވަހު ލިބޭ އެންމެ ބޮޑު އުފަލަކީ މެލޭރިއާއަށް ވެކްސިނެއް ލިބިފައި ވުންކަމަށް ރައްޔިތުންގެ މަޖިލީޖުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ރައީސް ނަޝީދު ވިދާޅުވީ މިދުވަހު ލިބޭ އެންމެ ބޮޑު އުފަލަކީ މެލޭރިޔާއަށް ވެކްސިނެއް ލިބިފައިވުންކަމަށެވެ. މެލޭރިޔާއަށް ވެކްސިނެއް ލިބިފައިވާކަން ރަސްމީކޮށް ހާމަކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖެއަކީ މިސަރަހައްދުގައި މެލޭރިޔާ  ނައްތާލެވިފައިވާ ފުރަތަމަ ޤައުމު ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު އެންމެ ބޮޑަށް ކުރަންޖެހޭ ކަމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ރާއްޖޭގެ އިޤްތިޞާދާއި، ސިޔާދަތު ދެމެހެއްޓުންކަމަށެވެ. އަދި ދިވެހިންހެ ޞިއްޚި ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް މުހިންމު ކަމެއްކަމުގައެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ. ދިވެހިން މި ޤައުމީ ދުވަހާއި ކުރިމަތިލާއިރު ލިބޭ އުފާވެރި ކަމަކީ މެލޭރިއާ އަށް ވެކްސިނެއް ހޯދިއްޖެކަމުގެ ޚަބަރު. ނުގުޑާފަދަ ޤައުމިއްތަކާއި ފުރިހަމަ ޞިއްޚަތެއް، އިންސާފުވެރިކަން، ޑިމޮކްރަސީ އަދި ހަރުދަނާ އިޤްތިޞާދެއް ބިނާކުރަން ކޮންމެހެންވެސް ބޭނުންތެރި.

– ނަޝީދު ވިދާޅުވިއެވެ.

ޤައުމީ ދުވަސް ފާހަގަ ކުރަމުންދާއިރު، ރައީސް ނަޝީދު ހުންނެވީ މެއި މަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމައާއަށްފަހު ރާއްޖެއިން ބޭރުގައެވެ. ރައީސް ނަޝީދު ވިދާޅުވަމުންދަނީ ރާއްޖެއަށް އާދެވޭފަދަ މާހައުލެއް ނެތްކަމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ރައީސް ނަޝީދަށް ރާއްޖެ ނާދެވޭފަދަ އެއްވެސް ސަބަބެއް މިހާރު ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.