ފިލައިގެން އެމެރިކާއަށް ދިޔަ ބޮލްސޮނާރޯ ވިދާޅުވަނީ ބްރެޒިލްގެ ހައްގުވެރި ލީޑަރަކީ އޭނާކަމަށް ބުނެފި

ފިލައިގެން އެމެރިކާއަށް ދިޔަ ބޮލްސޮނާރޯ ވިދާޅުވަނީ ބްރެޒިލްގެ ހައްގުވެރި ލީޑަރަކީ އޭނާކަމަށް ބުނެފި

Author
އަހުމަދު
29 އޮކްޓޯބަރ 2026 08:32
0

 

ބްރެޒިލްގެ ރިޔާސީ އިންތިހާބުން ބަލިވި ކަނާތުފިޔައިގެ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ، ސުޕްރީމް ކޯޓުން ޕާސްޕޯޓް ހަވާލުކުރަން އަމުރުކޮށްފައި ވަނިކޮށް ސިއްރުން ގައުމުން ފިލައިގެން އެމެރިކާއަށް ގޮސް، ބްރެޒިލްގެ ހައްގުވެރި ލީޑަރަކީ އޭނާ ކަމަށް ބުނެ ބަޔާނެއް ނެރެފިއެވެ.

އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއާ ވާދަކޮށް ބަލިވި ފްލާވިއޯ، އެކްސްގައި ފުރަތަމަ ޕޯސްޓެއް ކުރީ އަމިއްލަ ނަފްސަށް "އިންތިހާބުވި ރައީސް" ކިޔައިގެންނެވެ. ފަހުން އެ ޕޯސްޓް ފޮހެލައި، އޭނާއަށް ވޯޓުދިން 60 މިލިއަން ރައްޔިތުންނަށް މެސެޖެއް ދެމުން، ގައުމުގެ ހަގީގީ ލީޑަރަކީ އޭނާކަމަށާއި އިންތިހާބު ފޭރިގަނެފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އޭނާގެ ޕާޓީން ވަނީ ނަތީޖާ ބަލައިގަނެފައެވެ. ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި އިލެކްޓޯރަލް އޮތޯރިޓީވެސް ބުނީ އިންތިހާބު ދިޔައީ ގަވާއިދާ އެއްގޮތަށް އިންސާފުވެރިކޮށް ކަމަށެވެ.

ފްލާވިއޯއާއި އާއިލާ އަންގާރަ ރޭ އާޖެންޓީނާއަށް ގޮސް، އެތަނުން އިކުއެޑޯގެ ގުއަޔަކީލް ހަރަނގުން ބުދަ ދުވަހު ހެނދުނު މިއާމީއަށް ފޭބީ ޕްރައިވެޓް ޖެޓެއްގައެވެ. ބްރެޒިލްގެ ޕާސްޕޯޓް ބާތިލްކޮށްފައިވީނަމަވެސް އިޓަލީގެ ރައްޔިތުކަން އޮތުމުން އޭނާއަށް ދަތުރުކުރެވުނު ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އޭނާއަށާއި އާއިލާއަށް ވިސާ ދޭނެކަން ހާމަކޮށްފައެވެ.

މާލީ ކުށްތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ތަހުގީގުތަކެއް ކުރިއަށްދާ ފްލާވިއޯ، ހޯމަ ދުވަހު ބުނީ ގައުމު ދޫކޮށް ދާކަށް ނުވިސްނާ ކަމަށާއި ޕާސްޕޯޓް ހަވާލުކުރާނެ ކަމަށެވެ. މި މައްސަލާގައި ވަކި އެއްޗެއް ވިދާޅުވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ. 2022 ގެ އިންތިހާބަށްފަހު ބަޣާވާތް ރޭވި ކުށުގައި ފްލާވިއޯގެ ބައްޕަ، ކުރީގެ ރައީސް ޖާއިރު ބޮލްސޮނާރޯ މިހާރު ހުންނެވީ ޖަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.