5 މީހުންނާއި އެކު ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފް ހަރަކާތްތެރިވަނީ

5 މީހުންނާއި އެކު ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފް ހަރަކާތްތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 08:27
0

5 މީހުންނާއި އެކު ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފް ހަރަކާތްތެރިވާނެ ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ދޯނީގައި 5 ތިބި ފަސް މީހުން މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މިމީހުން ހޯދުމަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓްވެސް ވަނީ ހަރަކާތްތެރިވެފައެވެ. މިމީހުން ފެނިފައިވަނީ މިއަދު 8:30 ހާއިރު އެމްއެންޑީއެފް ކޯސްޓް ގާޑަށެވެ.

ދޯނީގައި ތިބި މީޙުންގެ ހާލު ރަނގަޅު ކަމަށާއި، މިހާރު އެމީހުން ކާށިދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.