ދުނިޔޭގައި މިހާތަނަށް ލީކޮކޮށްލި އެންމެ ބިޔަ، ވިޔަފާރީގެ މުއާމަތާތްތަކާބެހޭ ލިޔެކިޔުންތައް ލީކުކޮށް، ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި، ބިލިއަނަރުން ސިއްރިޔާތުގައި ނުހައްގުން ހޯދާފައިވާ މުއްސަދިކަމާ ގުޅުންހުރި އެތައް މަޢުލޫމާތެއް ލީކު ކޮށްލައިފިއެވެ.
ދުނިޔޭގެ އެހާރާއި މިހާރުގެ 35 ސިޔާސީ ލީޑަރަކާއި، 300 އަށްވުރެ ގިނަ މަޝްހޫރު މީހަކު ސިއްރިޔާތުގައި އޮފް ޝޯރ ކުންފުނިތައް (ކާކުކަން ނޭގޭގޮތަށް އެމީހަކަށް ނިސްބަތްވާ ފައިސާ ރައްކާކޮށް ދައުރުކު ކުރެވޭ ގޮތަށް ހިންގާ ކުންފުނިތައް) ބޭނުން ކޮށްގެން ނުހައްގުން ހޯދާފައިވާ ފައިސާއާއި، ކޮށްފައިވާ މުއާމަލާތްތަކާ، ހޯދާފައިވާ އެސެޓްތަކާއި ބެހޭ މައުލޫމާތުތައް ފަޅާ އަރުވާލާފައިވަނީ، ޕަންޑޯރާ ޕޭޕާރސްގެ ނަމުގައެވެ.
މީގެތެރޭގައި އުރުދުންގެ ރަސްގެފާނު ފާއިތުވެދިޔަ މުއްދަތުގައި އެމެރިކާއާއި އިނގިރޭސިވިލާތުގައި ހޯދާ ޖަމާކޮށްފައިވާ 70 މިލިއަން ޑޮލަރުގެ ޕްރޮޕަޓީތައްވެސް ހިމެނެއެވެ.
އަދި މީގެ އިތުރުން މީގެތެރޭގައި، އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރއާއި އޭނާގެ އަނބިކަބަލުން އިނގިރޭސިވިލާތުގެ ލަންޑަނުން ގެއެއް ބައްލަވައިގެންނެވިއިރު، ސްޓޭމްޕްގެ ޑިއުޓީއިން ހޯދި 312,000 ޕައުންޑްގެ ފައިދާ ރައްކާ ކޮށްފައިވާ ގޮތުގެ ތަފްސީލުވެސް ހިމެނެއެވެ.
މި ދެމަފިރިން، ވަނީ ދެމަފިރިން ބައްލަވައިގެންނެވި މިގޭގެ މިލްކުވެރި އޮފްޝޯ ކުންފުނި ބައްލަވައިގެންފައެވެ.
ޕަންޑޯރާ ޕޭޕާރަސްގެ ނަމުގައި ލީކު ކޮށްލާފައިވާ އެތައް މިލިއަން މައުލުމާތުތަކުގެ ތެރޭގައި، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން ސިއްރިއާތުގައި ހޯދާފައިވާ، މޮނާކޯގައިވާ އެސެޓްތަކާއި، އަންނަ ހަފްތާގައި އާންމު އިންތިޚާބާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފައިވާ ޗެޒް ރިޕަބްލިކް ބޮޑުވަޒީރު އަންދްރެޖް ބަބިސް، އޮފްޝޯ ކުންފުންޏެއް ބޭނުންކޮށްގެން، ފްރާންސްގެ ދެކުނުން 12 މިލިއަން ޑޮލަރަށް ބައްލަވައިގެންފައިވާ 2 ވިލާގެ މައުލޫމާތުވެސް ހިމެނެއެވެ. އަންދްރެޖް ބަބިސް ވަނީ މި އޮފްޝޯކުންފުނީގެ މައުލޫމާތު ކަމާ ގުޅުންހުރި މުވައްސަސާތަކަށް މީގެކުރިން ދެއްވަން ދެކޮޅު ހައްދަވާފައެވެ.
މިމައުލޫމާތުތައް އެއްކޮށް، އާންމު ކުރުމުގައި މަސައްކަތް ކޮށްފައިވަނީ އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓް (ICIJ) އިންނެވެ. މި ކޮންސޯޓިއަމްގެ ފަރާތުން މިމައުލޫމާތު އެއްކޮށް ޝާއިރު ކުރުމަށްޓަކާ 650 ރިޕޯޓަރުން މަސައްކަތް ކޮށްފައިވާއިރު، މިއީ މިކޮންސޯޓިއަމްއިން މިހާތަނަށް ކޮށްފައިވާ އެންމެ ބިޔަ މަސައްކަތް ކަމުގައިވެސް އެފަރާތުން ބުނެފައި ވެއެވެ.
މިގޮތުން ލީކު ކޮށްލާފައިވާ ސިއްރު މައުލުމާތުތައް އެކުލަވާލާ އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އާޒަރުބައިޖާންގެ މައްސަދިކަން ނުހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހަމަތު އެތައް ބަޔަކު ކުރަމުންދާ އެގައުމުގެ ރައީސް އިލްހާމް އަލިޔެވްއާއި އޭނާގެ އާއިލާއިން ސިއްރުންހޯދާފައިވާ މުއްސަދިކަމުގެ މައުލުމާތުވެސް ހިމެނެއެވެ.
މިގޮތުން އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސް ކޮށްފައިވާ ތަހުގީގުތަކުން ދައްކާ ގޮތުގައި އަލިޔެވް އާއި އޭނާގެ ގާތް ފަރާތްތަކުން، އިނގިރޭސިވިލާތުގެ 400 މިލިއަން ޑޮލަރު އަގުހުރި އެސެޓްތަކުގެ މުޢާމަލާތް ކޮށްފައި ވެއެވެ.
ޕަންޑޯރާ ޕޭޕާރަސްއިން އާންމު ވެގެން ގޮސްފައިވާ، ސިއްރުން މުއްސަދިކަން ހޯދާފައިވާ ދުނިޔޭގެ އެހެން ބައެއް ލީޑަރުންނަކީ:
- ކެންޔާގެ ރައީސް އުހުރު ކެންޔައްޓާ އާއި އޭނާގެ އާއިލާގެ އިތުރު 6 މެމްބަރަކުވަނީ ސިއްރު އޮފްޝޯ ކުންފުނިތަކުގެ ނެޓްވާކެއް އަމިއްލަ ކޮށްފައެވެ. މީގެ ތެރޭގައި މި ހުރިހާ އެންމެންނަށް ނިސްބަތްވާ 11 ކުންފުނި ވާއިރު، މީގެ ތެރެއިން އެއް ކުންފުންޏަކީ 30 މިލިއަން ޑޮލަރުގެ އެސެޓް ހުރި ކުންފުންޏެކެވެ.
- ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާޚާންއާއި، އެނާގެ އެންމެ އަރިސް މީހުންގެ އިތުރުން އޭނާގެ ކެބިނެޓްގެ ވަޒީރުންނާއި އަދި ވަޒީރުންގެ އާއިލާގެ ފަރާތްތަކުން ވަނީ އެތައް މިލިއަން ޑޮލަރެއްގެ އެސެޓްތައް ހުރި ސިއްރު އޮފްޝޯ ކުންފުނިތަކާއި އަދި ޓަރްސްޓްތައް އަމިއްލަ ކޮށްފައެވެ.
- ސައިޕްރަސްގެ ރައީސް ނިކޮސް އަނަސްޓޭސިއާޑްސް އުފައްދާފައިވާ ލޯ ފާމަކުން ވަނީ އެތައް އޮފްޝޯ ކުންފުންޏެއްގެ ހަގީގީ ވެރިފަރާތްތައް އޮޅުވާލުމުގެ ގޮތުން، އެކުންފުނި ތަކުގެ ވެރިފަރާތްތަކުގެ ގޮތުގައި، ފޭކް ވެރިފަރާތްތަކަކަށް ގާނޫނީ ސައްޙަކަން ފުރިހަމަ ކޮށްދީފައެވެ. ރަޝިއާގެ ކުރީގެ ސިޔާސީ ފަރާތެއް ކަމުގައިވާ، ސައިޕްރަސްގެ މިހާރު ރައީސްގެ މައްޗަށް އެގައުމުގެ މުއްސަދިކަމުގެ ނާޖާއިޒު ފާއިދާ ނަގަމުންދާ ކަމުގެ އެތައް ތުހުމަތެއް ދަނީ ކުރެވެމުންނެވެ. އެހެންނަމަވެސް، އޭނާގެ ލޯ ފާމުންވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
- ޔޫކްރެއިންގެ ރައީސް ލޮޑިމީރު ޒެލެންސްކީ ވަނީ 2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބުކުރުމުގެ ކުޑަ ދުވަސްކޮށްޅެއް ކުރިން އޭނާގެ މިލްކިއްޔާތުގައި ހުރި މުއްސަދިކަން ސިއްރު އޮފްޝޯ ކުންފުންޏަކަށް ބަދަލު ކޮށްފައެވެ.
- ބޭންކުގައި ކުރިން މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމުގައި އިކުއަޑޯރގެ މިހާރުގެ ރައީސް ގިލަމޯރ ލައްސޯވަނީ، އޭނާގެ އާއިލާގެ އެތައް ބަޔަކަށް ކޮންމެ މަހަކުވެސް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުން ދިޔަ ޕެނަމޭނިއަން ފައުންޑޭޝަން، އެމެރިކާގެ ސައުތު ޑަކޯޓާގައި ގާއިމް ކޮށްފައި ހުންނަ ޓްރަސްޓަކަށް ބަދަލު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ