އިސްލާމީ މަރުކަޒުގައި މަޣްރިބް ނަމާދަށް މީހުން ތިއްބާ މިސްކިތުގެ ތެރެއަށް ވަދެ އިމާމުގެ ކުރިމައްޗަށްއަރައި މީހަކު ކުޑަކަމު ގޮސްފިއެވެ.
ފުލުހުން ބުނީ، ރައީސް އޮފީސް ގޭޓަށާއި، ހުކުރު މިސްކިތުގެ ތެރެއަށް އަދި އިސްލާމީ މަރުކަޒުގައި މީހުން ނަމާދައް ތިއްބައި މީހަކު ކުޑަކަމު ދިޔަކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.
އެމީހާ ބައެއް ތަންތަނަށް ކުޑަކަމުދާ ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި މަޤްރިބު ނަމާދު ކުރަން ތިއްބާ ސަފުތައް ފަޅާލާފައި މީހަކު ވަދެ، އިމާމު ކައިރިއަށް ގޮސް ވަނީ އެތަނަށް ކުޑަކަމު ގޮސްފައިވާކަމަށް މަންޒަރު ދުއްމީހަކު ބުންޏެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެކަންކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.
ފުލުހުން އަންނަނީ މިމައްސަލަ ބަލުންކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ