ބަރުލަމާނީ ބޭފުޅުންނަށް އިންތިޚާބު ނާކާމިޔާބުވީ އިސްލާމްދީނާ ނުކިއްސަރު ވިސްނުމުގެ ސަބަބުން: ޒައިދު

ބަރުލަމާނީ ބޭފުޅުންނަށް އިންތިޚާބު ނާކާމިޔާބުވީ އިސްލާމްދީނާ ނުކިއްސަރު ވިސްނުމުގެ ސަބަބުން: ޒައިދު

Author
މުޙައްމަދު ޖިމީ
26 ސެޕްޓެމްބަރ 2021 04:16
0

އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި، ބަރުލަމާނީ ނިޒާމަށް ޓާޢީދުކުރާ ފަރާތްތަކަށް އިންތިޚާބުގައި ނާކާމިޔާބީ ކުރިމަތިވީ، ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ އިސް ބޭފުޅުންނަކީ އިސްލާމް ދީނާއި ދެކޮޅު ވިސްނުމުގެ މީހުންކަމަށްވާތީކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގައި އޮންނަ އެންމެ ބޮޑު އަދި ވާދަވެރި އިންތިޚާބުގައި ވަނީ ރައީސް ޞަލިހާއި ރައީސް ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެފައެވެ. އަދި މި އިންތިޚާބު ކާމިޔާބުކުރީ ރައީސް ޞާލިޙްގެ ފެކްޝަންގެ މީހުންކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. ނަމަވެސް އިންތިޚާބު ކާމޔާބުކުރީ ރައީސް ނަޝީދުގެ ފެކްޝަންގެ މީހުންކަމަށް އެބައިމީހުން އަންނަނީ ބުނަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ޞާލިޙަށް ތަޢީދުކުރާ ފަރާތްތަކުްނ ހޯދި ކާމިޔާބީއަށް ޝައިޚް ޒައިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ބޭފުޅުންނަށް ތާޢީދު ގެއްލިގެން ދިޔަ ސަބަބެއްކަމަށް ފެންނަނީ އެކަމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އިސްލާމް ދީނާއި ގުޅޭކަންކަމުގައި ގެންގުޅުއްވާ ނުކިއްސަރު ޚިޔާލުތަކާއި ވާހަކަތަކުގެ ސަބަބުންކަމަށެވެ. ރާއްޖޭގެ ރައްޔިތުނނަކީް އިސްލާމީ އުސޫލްތަކަށް ވަރަށް ލޯބިކުރާ ބައެއްކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

 

އިންތިޚާބުގެ ވޯޓުލުން ނިމި ނަތީޖާތައް ލިބުނުތާ 12 ވަރަކަށް ގަޑިއިރުފަހުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ އިސް ބޭފުޅުން ވަނީ، އެނިޒާމަށް ތާއީދު ކުރި ކެނޑިޑޭޓުން ބަލިވިކަމަށް ދެކެވޭ ވާހަތަކުގެ ދިފާއުގައި ނިކުންނަވާފައެވެ. ބަރުލަމާނީ ކެނޑިޑޭޓުން ބަލިވިކަމަށް މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާއި ގުޅިގެން އެންމެ ބޮޑު ހިތްހަމަނުޖެހުމެއް ފާޅުކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ އެލެކްސް އެކައުންޓުން ކުރި ޓްވީޓުގައި ވިދާޅުވީ ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ބޮޑު ޖަރީމާއެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ގިނަ ކެނޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރިމަކީރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.

ރާއްޖޭގެ ގިނަ ހިސާބުތަކުގައި، ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ތާއީދުކުރަމުން އައި ގިނަ ކެނޑިޑޭޓުންނަށް ގައުމީ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، މާލޭ ދާއިރާއިން ނަޝީދުގެ ބަރުލަމާނީ ވިސްނުމުގައި ކެންޕޭން ކުރެއްވި ބައެއް ކެނޑިޑޭޓުންވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދުވާލަކު ތިން ހަތަރުމީހުން ގެ ގަޔަށްވަޅިހަރާ މަރާއިރު ޟައިޚު ވިދާޅުވަނީ ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާބައެކެވެ އަޅުގަނޑުގެ ސުވާލަކީ ޟައިޚުއެވިދޅުވަނީ ތެދެއްތޯއެވެ ޟައިޚަށްއެހެއްދެވެނީ ޤަސދުގައި އަދިފާޅުގައި އެހެއްދެވެނީ ބޮޑު ދޮގެކެވެ
ޣ ޣުއިއްޒު
ޢިޔާޒުގެ ވަރަކޮށަލިގޮތަށް މީނަގެވެސް ވަރަ ކޮށާލަނިކޮށް މައިތިރި ވެދާނެ.