ކޯވިޑްގެ އިތުރު މަރެއް، މިއީ މިމަހު ނިޔާވި 5 ވަނަ މީހާ

ކޯވިޑްގެ އިތުރު މަރެއް، މިއީ މިމަހު ނިޔާވި 5 ވަނަ މީހާ

Author
މުޙައްމަދު ޖިމީ
25 ސެޕްޓެމްބަރ 2021 07:57
0

ށ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީޢުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭއިން ބުނީ އޭނާ ނިޔާވީ މިއަދު މެންދުރު ފަހު 02:30 ހާއިރުކަމަށެވެ. މިއީ ކޯވީޑްގައި ނިޔާވި 231 ވަނަ މީހާއެވެ. އަދި މިމަހު ނިޔާވި ފަސްވަނަ މީހާއެވެ.

މިބަލީގައި އިއްޔެވެސް ވަނީ މީހަކު ނިޔާވެފައެވެ. ރާއްޖޭގައި މިބަލީގައި 200އަށް ވުރެ ގިނަ މީހުން ނިޔާވެފައިވާއިރު މިބަލީގައި ގިނަ މީހުން ނިޔާވެފައިވާކަމަށް ރިކޯޑުކުރެވިފައިވަނީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެގޮތުން އެމަހު އެކަނިވަނީ 80އަށްވުރެ ގިނަ މީހުން ނިޔާވެފައެވެ.

ކޯވިޑްގެ ޙާލަތު ރާއްޖޭގައި ކޮންޓްރޯލްވެފައިވީނަމަވެސް ބަލީގެ ނުރައްކާ އަދިވެސް އެއްކޮށް ކުޑަނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދު މަދުކުރުމަށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ގެންދަވަނީ އިލްތިމާސްކުރަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިންއަށް ޝަރުތުހަމަވާ ތިންލައްކަ ތިރީސް ތިންހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.