ރާއްޖޭގެ ރަސްމީ ރިޒާވް 717.9 މިލިއަން ޑޮލަރަށް ދަށްވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް 717.9 މިލިއަން ޑޮލަރަށް ދަށްވެއްޖެ

Author
އަހުމަދު
25 ޖޫން 2026 10:27
0

މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި ފައިސާގެ އަދަދު 717.9 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެއްޖެކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ އޭގެ ކުރީ މަސް ކަމަށްވާ މާރިޗު މަހާ އަޅާބަލާއިރު 46 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ. މާރިޗު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުއްޓެވެ. ރިޒާވް އިން މިހާ ބޮޑު އަދަދެއް މަދުވެފައިމިވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމަކާއެކު، ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކްގެ ދަރަނި އަދާކުރުމަށް ރިޒާވްގެ ފައިސާ ބޭނުންކުރުމާ ގުޅިގެންނެވެ.

މީގެ އިތުރުން، އަހަރުން އަހަރަށް ބަލާއިރުވެސް ރިޒާވް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރިޒާވްގައި 856.3 މިލިއަން ޑޮލަރު ހުރިއިރު، މިއަހަރުގެ އެޕްރީލް މަހުގެ އަދަދާ އަޅާބަލާއިރު އެއީ 138.4 މިލިއަން ޑޮލަރު (16 އިންސައްތަ) ގެ ދަށްވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.