ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބާލައިފިއެވެ.
ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ދަށުން، ޒޯން އެކެއްގެ ދަތުރުތައް ނޮވެމްބަރު މަހު ފަށުމަށް އެމްޓިސީސީން ދަނީ ތައްޔާރުވަމުންނެވެ. ދަތުރުތައް ފެށުމަށްޓަަކައި، ހައި ސްޕީޑު ފެރީ އުޅަދުތައް ތައްޔާރު ކުރުމުގެ މަަސައްކަތް މިހާރުވެސް ދަނީ ބާރަށް ކުރެވެމުންނެވެ. އެގޮތުން މިހާރު ވަނީ ފުރަތަމަ އުޅަދު މޫދަށްވެސް ބާޅާފައެވެ.
އުޅަދު މޫދަށް ބޭލުމުގެ ވީޑއިއޯ ހިއްސާ ކުރައްވައި އާޒިމް ވިދާޅުވީ މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑު ފެރީގެ ނިޒާމަކުން ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ ވައުދު ފުއްދުމަށް، އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ. މިކަމުގައި އެމްޑީސީސީގެ މުވައްޒިފުންނާއި، ޕްލޭމިނިސްޓަރ އަސްލަމް އަދި މުވައްޒިފުންގެ މަސައްކަތަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ޕަބްލިކް ފެރީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނާނެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ ފުރަތަމަ އުޅަދު ބޭލުން. ރައީސް ޞާލިހުގެ މި ވަޢައުދު ފުއްދުމަށް އެމްޓީސީސީގެ މުވައްޒިފުން ކުރަމުންދާ ބުރަ މަސައްކަތަށް އެމްޓީީސީސީ އަދި މިނިސްޓްރީ އޮފް ޕްލޭނިން މިނިސްޓްރީން ދެއްވާ ލަފަޔަށް މިނިސްޓަރ އަސްލަަމަށް ޝުކުރިޔާ.
– އާޒިމް ވިދާޅުވިއެވެ.
Raajjeyge public ferry nizaamah ingilaabeh gennane high speed ferry network ge furathama ulhadhu beylun. Raees @ibusolih ge mi vaudhu fudhdhumah #TeamMTCC ge muvazzafun kuramundhaa bura masakkathah @MTCCPlc adhi @MoNPHImv in dhevvaa lafayah Min. Aslam ah Shukuriyya @AslamAslamtey pic.twitter.com/zXT7bMRt5o
— Adam Azim (@adamazim) September 25, 2021
ފެރީ ނިޒާމުގެ ހުރިހާ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް މިމަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ ގޮތަށް ފުރަތަމަ ލޯންޗު މިމަހު ކަނޑަށް ބާލާ، ޓެސްޓް ދަތުރުތައް ފަށާނެކަމަށެވެ.
ފެރީތަކަކީ 30ނޮޓްސްގެ ބާރުމިނުގަ ދުވާގޮތަށް ހަދާ ފެރީތަކެކެވެ. މިއީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހަލުވި ފެރީތަކެކެވެ. ފެރީއެއްގައި އެއްފަހަރާ 50މީހުން އުފުލޭނެއެވެ. މީގެއިތުރަށް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި، ބަލިމީހުންވެސް ފަސޭހައިން އުފުލޭނެއެވެ. މިޕްރޮޖެކްޓްގައި ރާއްޖޭގެ ސަރަޙައްދުތައް ޖުމްލަ 6 ޒޯނަށްވަނީ ބަހާލާފައެވެ. ޒޯން 1ގައި ހިމެނޭ ހ.އ، ހ.ދ އަދި ށ. އަތޮޅުގަ މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ.