ހިޔާ މަޝްރޫޢު: H7 ކެޓަގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނުގުޅޭ 509 މީހެއްގެ ނަން ހާމަކުރައްވައިފި

ހިޔާ މަޝްރޫޢު: H7 ކެޓަގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނުގުޅޭ 509 މީހެއްގެ ނަން ހާމަކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 06:34
0

"ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދި H7ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެއެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H7 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ ފަރާތްތަކުގެ ލިސްޓު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ގެޒެޓް ކުރައްވާފައެވެ.

އެ ފަރާތްތަކަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މި ލިސްޓުގައި ހިމެނޭ ފަރާތްތަކުން 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ވެސް އެ ކޮމެޓީން އެދިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.