މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ނައިބުގެ މަގާމުން އަހްމަދު އަބްދުﷲ އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ބުދަ ދުވަހުއެވެ. ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
އަހްމަދު އަބްދުﷲ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާގެ މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ. އަދި އޭނާއަކީ އެމްޑީޕީން ކުރިއަށްގެންދިޔަ ސިޔާސީ އެކި ހަރަކާތްތަކުގެ ލީޑަރޝިޕުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
މީގެ އިތުރުން، އަހްމަދު އަބްދުﷲ އަކީ ދާދި ފަހުން އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވި އަބްދުﷲ ޝާހިދާ ވަރަށް ގާތް ބޭފުޅެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިޢުލާން ކުރެއްވުމަށްފަހު، މިހާރު ކުރިއަށްދާ ޝާހިދުގެ ކެމްޕޭން ހަރަކާތްތަކުގައި އަހްމަދު އަބްދުﷲ ވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ