އީގަލްސް އަށް ބްރެޒިލްގެ ކީޕަރެއް

އީގަލްސް އަށް ބްރެޒިލްގެ ކީޕަރެއް

ގުޅުންހުރި

އީގަލްސް އިން ބްރެޒިލްގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރެއާ ރެގްލީ ގެންނަން ނިންމައިފި އެވެ.

މި ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެސް ވާދަކުރުމުގެ ފުރުސަތު ލިބިފައިވާ އީގަލްސް އިން މީގެ ކުރިން ވެސް ވަނީ އެ ޓީމުގެ ގޯލުން ފެންނާނީ ބިދޭސީ ކީޕަރެއް ކަމަށް ބުނެފަ އެވެ. އެއީ މިދިޔަ ފަސް އަހަރު އެ ޓީމު ގޯލު ބެލެހެއްޓި ސްރީލަންކާގެ ގައުމީ ޓީމު ގޯލްކީޕަރު ސުޖަން އެ ގައުމުގެ ޓީމަކާ ގުޅެން ނިންމުމުންނެވެ.

ރެގްލީ އެންމެ ފަހުން ކުޅެފައިވަނީ ބްރެޒިލްގެ ތިން ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ބާރިއޭ އިންނެވެ. ބްރެޒިލްގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބޮޓަފޯގޯ ޔޫތު ޓީމުން ކެރިއަރު ފެށި ރެގްލީ ފާއިތުވި އަހަރުތަކުގައި ކުޅެފައިވަނީ މުޅިން ވެސް ބްރެޒިލްގެ ދަށް ޑިވިޝަންތަކުގެ މުބާރާތްތަކުގައި ވާދަކުރި ކްލަބްތަކަށެވެ.

އުމުރުން 25 އަހަރު ރެގްލީ ޓީމަށް ގެންނަށް ނިންމިއިރު ބިދޭސީ ކުޅުންތެރިން ގެންނަން ބަލާނީ ކްލަބްގެ ބަޖެޓް ތެރެއަށް ފެއްތޭ ގޮތަށް ކަމަށް އީގަލްސްއިން ވަނީ ބުނެފަ އެވެ.

އީގަލްސް އަށް ކުރިއަށް އޮތް ސީޒަނުގައި ވެސް ކޯޗުކޮށްދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *