ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންކަމަކީ އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާކަމެއްކަަމަށް ޖެންޑަ މިނިސްޓްރީން ބުނެފިއެވެ.
"ފިޔަވަތި" ގައި މައްސަލަތައް ފުނިޖެހި ބޮޑުވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެތަނުގައި ތިބި ކުރިން ފުރާޅަށް އަރައި ތަނުގައި ހުޅުޖަހައި ގިނަ ރައްޔިތުން ތަކެއް އެސަރަހައްދަށް ޖަމާވެ، މީޑިއާތަކުގެ ފާޑުކިޔުން މިނިސްޓްރީ އަށް އަމާޒުވުމުން ޖެންޑާއިން ވަނީ ބަޔާނެއް ނެރަފައެވެ.
މިބަޔާނުގައި ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެންނަ ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި މިވަތުގުވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުން ދާކަމަށެވެ،
ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން މި ސަރވިސްއިން ގަބޫލު ކުރަން. އެހެންނަމަވެސް، ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާއި، ވީޑިއޯކުރުމާއި، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެކަމެއްކަން ފާހަގަކުރަން.
– ޖެންޑަރ ބަޔާނުގައި ވެއެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރައްވާ، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް މި ސަރވިސްއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް ޖެންޑާއިން ވަނީ އެދިފައެވެ.
ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގައި ތަފާތު މައްސަލަތައް ދިމާވަމުންދާއިރު، މިފަދަ އެއްވެސް މައްސަލައެއް ހައްލު ނުކުރެވި، މައްސަލަބޮޑުވާ ކޮންމެ ފަހަަރަކު ޖެންޑާ މިނިސްޓްރީން ކުޑަ ބަޔާނެއް ނެރުމަށްފަހު ނިންމާލައެވެ. ހިޔާގައާއި، ފިޔަވަތީގައި އެތައް ފަހަރަކު ހުޅުޖަހައި ހަދާއިރުވެސް މިކަމަށްވެސް މިނިސްޓްރީއަށް ހައްލެއް ނުގެނެވުނެ. ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިން ބެލުމަށް ޖެންޑާ މިނިސްޓްރީގެ އިހުމާލުވުން ބޮޑުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ