ރާއްޖެއިން ކޯވިޑްގައި އިތުރު މީހަކު ނިޔާވެ، އަދަދު 229 އަށް

ރާއްޖެއިން ކޯވިޑްގައި އިތުރު މީހަކު ނިޔާވެ، އަދަދު 229 އަށް

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2021 07:12
0

ހދ. ނޮޅިވަރަމުން މާލެ ފޮނުވި ކޯވިޑް ބަލި މީހަކު މިއަދު ނިޔާވެއްޖެއެވެ.

އޭމީހާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 13:30 އެހާކަންހާއިރު ކަމަށެވެ. ނޮޅިވަރަމުން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލި ހާލަތު ގޯސްވި މީހަކު ކުރިން ވަނީ ށ.ފުނަދޫގައި ހުންނަ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ވެސް ގެންގޮސްފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 1:28 ގައި މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެއްސެކެވެ. އެއީ ފިރިހެނެކެވެ.

މިއީ ރާއްޖޭގެ 229 ވަނަ ކޮވިޑް މަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.