ދިޕިކާގެ މެނޭޖަރުގެ ގެއިން މަސްތުވާތަކެތި

ދިޕިކާގެ މެނޭޖަރުގެ ގެއިން މަސްތުވާތަކެތި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 10:12
0

ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ އެތައް މަޝްހޫރު ތަރިންތަކެއް އުޅެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެފަދަ މައްސަލައެއްގައި އެ މީހުން ދިރިއުޅެމުންދާ ގެއަށް އެފަދަ މައްސަލައެއްގައި ބަލާ ފާސް ކުރަން އައިސްދާނެތީއެވެ. އެ ބިރުވެރިކަމުގައި ތިއްބާ ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯންގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝްގެ ގެެއަށް އެންސީބީން މި ވަނީ ގޮސްފައެވެ.

އެންސީބީން މިދިޔަ އަންގާރަ ދުވަހު ކަރިޝްމާގެ ގެއަށް ގޮސް ބަލާފާސްކޮށްފައިވާއިރު، އެ މުވައްސަސާއިން މީގެ ކުރިން ވަނީ އޭނާ އާ ސުވާލު ކުރުމަށް އެތައް އިރެއް ހޭދަކޮށްފައެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އެންސީބީން އަންގާރަ ދުވަހު އެގެ ބަލާފާސް ކުރުމުގެ ތެރޭގައި އިންޑިއާގައި މަނާ ދެބާވަތެއްގެ މަސްތުވާތަކެތި އެގެއިން ފެނިފައި ވެއެވެ. އެއީ 1.7 ގްރާމް ޗަރަސް އާއި ދެ ފުޅި ކެނެބިސް އޮއިލް އެވެ.

ކަރީޝްމާގެ ނަން އައިސްފައި ވަނީ ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަަލައާ ގުޅުން ހުރި، ހައްޔަރުކޮށްފައިވާ މީހަކާއި ސުވާލު ކުރުމުގެ ތެރެއިން.

– އެންސީބީގެ އޮފިޝަލަކު ބުނެފައި ވެއެވެ.

އެންސީބީން އެ ގެ ބަލާފާސް ކުރުމަށްފަހު އޭނާ އެ މުވައްސަސާއަށް ހާޒިރު ކުރުމަށް ފޯނަށް ގުޅާފައި ވެއެވެ.ނަމަވެސް އޭނާއަށް ގުޅޭ ގޮތް ވަނީ ނުވެފައެވެ.
މިހާތަނަށް އައިއިރު މި ކޭސްއާ ދިޕިކާ އާ ގުޅުމެއް ވާހެން ހީނުވާ ކަމަށް މީޑިއާތަކުން ބުނެއެވެ. ނަމަވެސް ،މިކަން ކަށަވަރު ވާނީ ކަރިޝްމާ ހާޒިރު ކޮށްގެން ކަމަށް މީޑިއާތަކުން ބުނެއެވެ.

ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލާގައި ދިޕިކާައާ ސުވާލުވެސް ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.