އެންޓިބޮޑީ ޓެސްޓު ދެދުވަހަށް މެދުކަނޑާލައިފި

އެންޓިބޮޑީ ޓެސްޓު ދެދުވަހަށް މެދުކަނޑާލައިފި

Author
ހުސައިން
29 އޮކްޓޯބަރ 2020 10:05
0

މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ފެތުރި އެބަލިން ރަނގަޅުވެފައިވަނީ ކިހާ ޢަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކައި ފަށާފައިވާ އެންޓިބޮޑީ ޓެސްޓު ހެދުން ދެ ދުވަހަށް މެދުކަނޑާލައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެ އެޖެންސީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ "ސީރޯ ޕްރިވެލަންސް ސަރވޭ" މިއަދާއި މާދަމާ ކުރިއަށް ނުގެންދާނެ ކަމަށާއި، ސާމްޕަލް ނެގުމަށް ހޮވިފައިވާ މީހުންގެ ސާމްޕަލް ދެން ނަގަން ފަށާނީ މިމަހުގެ 31 ވަނަ ދުވަހުކަމަށެވެ.

"ސީރޯ ޕްރިވެލަންސް ސަރވޭ"އަކީ ރާއްޖޭގައި މިހާރުއޮތް ކޯވިޑް-19ގެ ޙާލަތުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މުހިންމު ދައުރެއް އަދާކުރާނެ ސަރވޭއެއްކަމަށް އެޗްޕީއޭއިން ވިދާޅުވެފައެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަބުރުގައި ސާމްޕަލް ނަގާފައިވަނީ 18 އަހަރުން ދަށުގެ ކުދިންގެއެވެ. މިހާރު މި ސަރވޭގެ ދެވަނަބުރު ފަށާފައިވާއިރު 4 ހަފްތާގެ މުއްދަތެއްގެ ތެރޭގައި ސަރވޭ ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.