އަތޮޅުތެރެއިން ޕޮޒިޓިވްވި 66 މީހުންނާއެކު އިތުރު 120 މީހުން ޕޮޒިޓިވްވެއްޖެ

އަތޮޅުތެރެއިން ޕޮޒިޓިވްވި 66 މީހުންނާއެކު އިތުރު 120 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 120 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 120 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 48 މީހުންނާ، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 66 މީހުންގެ އިތުރުން ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 6 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 83،070 އަށް އަރާފައެވެ.

ކޯވިޑް19ބައްޔަށް މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1،881 މީހުންނެވެ. މީގެތެރެއިން 18 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 175 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 80،949 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4،729 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ. ކޯވިޑް19ގައި ރާއްޖޭގައި ކުރިން ގިނަ ބަޔަކު ޕޮޒިޓިވްވަމުން އައީ މާލެ ސަރަޙައްދުގައެވެ. ނަމަވެސް އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ. ކޭސްތައް ފެނުމާއި ގުޅިގެން 18 ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *