ތ.ވަންދޫ ކައުންސިލްގެ ކުރީގެ ރައީސްއާއިއ ެރަށުގެ ގިނަ ބަޔަކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާއި ގުޅިގެއްޖެއެވެ.
އެމްއެންޕީން ބުނީ، ތ. ވަންދޫ ކައުންސިލްގެ ރައީސްކަން ވޭތުުވެދިޔަ 3 ދައުރުގައި ކުރެއްވެވި މުޙައްމަދު ޤިޔާސް މިއަދު ވަނީ އެމްއެންޕީއަށް ސޮއިކުރައްވާފައިކަމަށެވެ. އަދި ވަންދޫގެ ގިނަ ރައްޔިތުންތަކެއްވެސް އެޕާޓީއާއި ގުޅިފައިވާކަމަށް އެމްއެންޕީން ބުންޏެވެ.
ތ. ވަންދޫ ކައުންސިލްގެ ރައީސްކަން ވޭތުުވެދިޔަ 3 ދައުރުގައި ކުރެއްވެވި މުޙައްމަދު ޤިޔާސް މިއަދު ވަނީ އެމްއެންޕީއަށް ސޮއިކުރައްވާފައި. އަދި ވަންދޫގެ ގިނަ ރައްޔިތުންތަކެއް ވަނީ ޕާޓީއާއި ގުޅިވަޑައިގެންފައި. ވަންދޫއިން އެމްއެންޕީއާއި ގުޅިވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް މަރުހަބާ. pic.twitter.com/SwnSINiz3R
— Maldives National Party (@MNP_Secretariat) September 14, 2021
އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ. އެމްއެންޕީ އުފެއްދުމުގައި ނާޒިމާއި އުޝާމުގެ އިތުރުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ދަނީ ބައިވެރިވަމުންނެވެ.
އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ. އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ޓީމުތައް މިހާރު ގެންދަނީ އަތޮޅު ތެރޭގައި ވެސް ހަރަކާތްތެރިވަމުންނެވެ.
5،000 އަށްވުގެ ގިނަ މީހުންގެ ފޯމާއިއެކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް އެޕާޓިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ