ފައިނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ފައިނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޖިމީ
14 ސެޕްޓެމްބަރ 2021 07:37
0

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒްކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލްކުރުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 96.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫ ޢު ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެތެރޭގައެވެ.

480 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ފައިނަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ.

ފައިނުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުވެސް މިހާރު ފެށިގެން ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.