ގަވާޢިދާ ޚިލާފަށް ވަދެއުޅުނު 2 މަސްބޯޓު އަތުލައިގެންފި

ގަވާޢިދާ ޚިލާފަށް ވަދެއުޅުނު 2 މަސްބޯޓު އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2021 09:43
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރޭގައި ގަވާއިދާއި ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ދެ މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް މީގެ ތެރެއިން އެއް ބޯޓު އަތުލައިގެންފައިވަނީ މިދޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:55 ހާއިރުކަމަށެވެ. އަދި އަނެއް ބޯޓު އަތިލައިގެންފައިވަނީ ރޭ ފަތިހު 5:34 ހާއިރުކަމަށެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ދެ އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި "އަސުރުމާ 3″ ކިޔާ ދޯނީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން އަންނަނީ އަވަށްޓެރި ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ބޮޑު ސަރަޙައްދަކަށްވުމުން ބެލެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވީ ނަމަވެސް ކޯސްޓްގާޑުގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް މަސްކަނޑުތައް ޙިމާޔަތްކޮށް ކަނޑުގެ ސަރަޙައްދުގައި ހިނގާ އެންމެހާ ކުށް ހުއްޓުވުމަށް އެކި މުވައްސަސާތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މިމަހުގެ ތެރޭގައި އެކަނިވެސް މިފަދަ ދެ އުޅަނދެއް ހުއްޓުވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.