"ބެލްބޮޓަމް" އެމޭޒަން ޕްރައިމަށް!

"ބެލްބޮޓަމް" އެމޭޒަން ޕްރައިމަށް!

Author
ފާތިމަތު ނާވީ
16 ސެޕްޓެމްބަރ 2021 12:12
0

އަކްޝޭ ކުމާރުގެ ފިލްމް "ބެލްބޮޓަމް" ޑިޖިޓަލް ޕްލެޓްފޯމް އެމޭޒަން ޕްރައިމް އިން ދައްކަން ފަށައިފިއެވެ.

ސިނަމާތަކުގައި އެޅުވުމަށް ފަހު ބެލުންތެރިންނަށް ވީހާވެސް ފަސޭހައިން ފިލްމު ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އޮންލައިން ޕްލެޓްފޯމަކަށް ފިލްމު ލާފައި މިވަނީ ކޯވިޑްގެ ސަބަބުން ސިނަމާތަކުގައި ފިލްމުބެލުމަށް އާންމުންނަށް ހުރި ދަތިތަކުގެ ސަބަބުންނެވެ. ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް ލިބުނު އެއް އިންޑަސްޓްރީ އަކީ ބޮލީވުޑް އިންޑަސްޓްރީއެވެ.

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައިވާ ސިނަމާތަށް ހުޅުވާލުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު އެޅުވި ފިލްމަކީ ބެލްބޮޓަމް އެވެ.

މި ފިލްމުގައި އަކްޝޭއާއެކު ފެނިގެންދިޔަ ތަރިންގެ ތެރޭގައި ވާނީ ކަޕޫރު، ހުމާ ގުރައިޝީ، ލާރާ ދައްތާ އަދި އާދިލް ހުސައިން ހިމެނެއެވެ. މި ފިލްމަކީ ވާޝޫ ބަގްނާނީ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެންމޭ އެއްޓަޓައިންމަންޓް ގުޅިގެން ގެނެސްދީފައިވާ ފިލްމެކެވެ.

މި ފިލްމް އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އިނގިރޭސިވިލާތުގައި އެއްކޮށް ޝޫޓްކުރި "ބެލްބޮޓަމް" އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕައި ތުރިލާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.