އަދާލަތް ޕާޓީގެ ޤައުމީ މަޖިލިސް އިންތިޚާބު އަންނަ އަހަރުގެ ފެބުރުއަރީމަހު

އަދާލަތް ޕާޓީގެ ޤައުމީ މަޖިލިސް އިންތިޚާބު އަންނަ އަހަރުގެ ފެބުރުއަރީމަހު

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2020 09:07
0

ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް އަންނަ އަހަރުގެ ފެބުރުއަރީ 26 އަދި 27 ގައި ބާއްވާގޮތައް އެޕާޓީން ނިންމައިފިއެވެ.

ހިނގަމުންދާ އައު ދައުރަށް އެކި މަޤާމްތަކަށް މީހުން ހޮވުމަށް ބާއްވާ މި މަޖިލީހަކީ، ޢަދާލަތު ޕާޓީގެ އެންމެ އިސް ރުކުންކަމަށް އެޕާޓީން ބުނެއެވެ. ޤައުމީ މަޖިލީހުގެ ކުރިން، ނިންމާފައިވަނީ ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިޚާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަހަރު ބޭއްވުމަށް ކަމަށެވެ. އެޕާޓީން ބުނެފައިވަނީ ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ.

ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުނަށްވެފައި، އެގޮތުން ޤައުމީ މަޖިލީހުގައި ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.

ޤައުމީ މަޖިލީހުގެ ބައްދަލުވުން އަޑުއެހުމަށް ޕާޓީގެ ޢާއްމު މެންބަރުންނަށް ފުރުޞަތު ލިބިގެންދާނެކަމަށް އެޕާޓީން ބުނެއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.