އިތުރު 138 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

އިތުރު 138 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
12 ސެޕްޓެމްބަރ 2021 10:01
0

ރާއްޖެއިން އިތުރު 138 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 138 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 51 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 72 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 15 މީހެކެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2،037 އަށް އަރާފައެވެ. މީގެތެރެއިން 17 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ. މިއާއެކު މިބައްޔަށް ހުށައެޅުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 82،822 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 171 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 80،545 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5،602 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަށް 227 މީހަކުވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.