އެސްއެސް ރާޖަ މޯލީގެ އުންމީދީ ފިލްމް "އާރްއާރްއާރް" ރިލީޒްކުރުން ފަސްކޮށްފިއެވެ.
އަންނަ މަހު 13ގައި ރިލީޒް ކުރުމަށް ތާވަލުކޮށްފައި އޮތް މި ފިލްމު ދެން އަޅުވާނެ ތާރީހެއް އަދި ނޭނގެއެވެ.
ރާޖަ މޯލީ އަކީ ސައުތުގެ ސުޕަރ ހިޓް "ބަހޫބަލީ" ފިލްމްތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރެވެ. "އާރްއާރްއާރް"ޕްރޮމޯޓް ކޯށްފައިވަނީ އަހަރުގެ ބޮޑު ފިލްމްގެ ގޮތުގައެވެ.
މި ފިލްމުން ސައުތުގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާމް ޗަރަން އާއި އެންޓީ އާރް ޖޫނިއަރ ފެނިގެންދާނެއެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހުރު ބަތަލާ އާލިއާ ބަޓާއި އަޖޭ ދޭވްގަންގެ ރޯލެއްވެސް ފިލްމުގައި ހިމެނެއެވެ.
The post production of #RRR is currently in the pipeline and is expected to be completed by October'21.
We are postponing the release and cannot announce a new date as theatres are indefinitely closed.#RRRMovie #penmovies pic.twitter.com/ZoQ0XC7sV5
— PEN INDIA LTD. (@PenMovies) September 11, 2021
400 ކްރޯޑްގެ ބަޖެޓަކުން ހަދާ މިފިލްމްއަކީ އިނގިރޭސީންގެ އަޅުވެތިކަމުގައި އިންޑިއާ އޮތްއިރު ހިނގާފައިވާ ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މިހާތަނަށް އައި އިރު ދެފަހަރެއްގެ މަތިން ވަނީ މި ފިލްމް ރިލީޒް ކުރާ ދުވަސް ފަސްކޮށްފައެވެ. އަންނަ މަހު ފިލްމް ރިލީޒްނުކުރަން ނިންމީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގައި އަދިވެސް ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުން ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ