އިންޑިއާގައި ކޯވިޑް19 ވެކްސިން ޖެހި މީހުންގެ އަދަދު، މި ހަފްތާގެ ހުކުރު ދުވަހުގެ ނިޔަލަށް 79 މިލިއަނަށް އަރައިފިއެވެ. އަދި ހަމަ އެއާއެކު، މިހަފްތާހެ ހުކުރު ދުވަހު އެކަނިވެސް، އިންޑިއާގައިވަނީ 5 މިލިއަން މީހުންނަށް ކޯވިޑ19 ވެކްސިން ޖަހާފައެވެ.
ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު 79 މިލިއަނަށް އަރާފައިވާއިރު، އަދިވެސް އެގައުމު ތަކުގައި ދަނީ ކޯވިޑް19 ބާރު ސްޕީޑުގައި ފެތުރެމުންނެވެ. މިގޮތުން އިއްޔެވެސް އިންޑިއާގައި އަލަށް ވަނީ 33 ހާސް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ފާއިތުވި 7 ދުވަހަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް، 37،498 މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވް ވެފައެވެ.
އިންޑިއާގައި މިހާތަނަށް 33.2 މިލިއަން މީހުން ކޯވިޑް19 އަށް ޕޮޒިޓިބވް ވެފައިވާއިރު، އެގައުމުގައި ވަނީ 442،000 އަށްވުރެ ގިނަ މީހުންވަނީ މިބަލީގައި މަރުވެގެން ގޮސްފައެވެ.
އަދި މުޅި ދުނިޔޭގައި 219 މިލިއަން މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 4.55 މިލިއަން މީހުންވަނީ ކޯވިޑް ބަލީގައި ދުނިޔެ ދޫކޮށްފައެވެ.
އިންޑިއާ ފާއިތުވެދިޔަ ތަނުގައި ހިމެނިގެން ގޮސްފައިވަނީ، އެމެރިކާއަށްފަހު ދުނިޔޭގައި ކޯވިޑްގެ ހާލަތު އެންމެ ބޮޑުވެގެން ދިޔަ ގައުމުކަމުގައެވެ. އަދި ދުނިޔޭގައި ފަހަކަށް އައިސް ފެތުރެންފެށި ކޯވިޑް19ގެ ޑެލްޓާ ވައިރަސް އެންމެ ފުރަތަމަ އުފަންވެގެން އައީ އިންޑިއާއިންނެވެ. ކޯވިޑް19 ވައިރަހުގެ މި ސްޓްރެއިންއަކި، ކޯވިޑްގެ އަސްލު ވައިރަހަށްވުރެ ފަސޭހަކޮށް ގައިންގަޔަށް ވާސިލްވާ، އަދި ބަލީހާލަތު މާބޮޑަށްވެސް ނުރައްކާތެރި ކޮށްދޭ ސްޓްރެއިންއެކެވެ.
އިންޑިއާގައިވެސް، ކޯވިޑް ވެކްސިން ފުޅާދައިރާއެއްގައި މިހާރު ދޭންފަށާފައިވާއިރު، އެގައުމުގެ ކޯވިޑް19ގެ ހާލަތަށްސް ވަނީ ފަހަކަށް އައިސް ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެހެންނަމަވެސް އިންޑިއާގެ ސަރުކާރުން އަދިވެސް ދަނީ އެކި ސިޓީތަކުގައި އަޅާފައިވާ ހަރުކަށިކަން ބައެއް ސިޓީތަކުގައި ދަމަހައްޓާށެވެ. މިގޮތުން، އިންޑިއާގެ ޕަންޖާބު ޕްރޮވިންސްގައި އަޅާފައިވާ ފިޔަވަޅުތައް މިމަހުގެ 30ވަނަ ދުވަހާހަމަތަށް ދިގު ދަންމާލުމަށް އެ ޕްރޮވިންސްއިން ވަނީ ނިންމާފައެވެ.
އަދި މީގެ އިތުރުންވެސް، ސިޔާސީ އެއްވުންތައްވެސް ހިމެނޭ ގޮތުން، އެއްވުންތައް ބޭވުމަށް ހުއްދަވެސް ޕަންޖާބު ޕްރިވިންސްގައި ދޫކުރެވިފައިވަނީ، 300 އާއި ހަމައަށް ލިމިޓް ކޮށްފައެވެ. އަދި މާސްކުއެޅުންވެސް މަނާކޮށް ކުރުމާއި އެކީގައި އުޅޭއިރު ގައިދުކަށް ބެހެއްޓުމަށްވެސް ޕަންޖާބުގެ ސަރަހައްދީ ސަރުކާރުން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ