ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

Author
އަހުމަދު
22 ޖޫން 2026 08:51
0

މާލޭގެ ފިހާރައަކުން އައިނެއް ވަގަށް ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި ވައްކަމުގެ މައްސަލައިގައި ހިމެނޭ މީހާގެ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، ފުލުހުން ވަނީ އޭނާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ފުލުހުން އެދިފައިވަނީ ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ލަސްނުކޮށް މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދެއްވުމަށެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ކެނޑިނޭޅި ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.