ދައްކަން އުޅުނު ވާހަކަ ދައްކާނަން: އަލީ ވަހީދު

ދައްކަން އުޅުނު ވާހަކަ ދައްކާނަން: އަލީ ވަހީދު

Author
ހުސެއިން
11 ސެޕްޓެމްބަރ 2021 06:57
0

ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވެ، ދައްކަން އުޅުނު ވާހަކަ ދައްކާނެ ކަމުގައި، ޖިންސީ ފުރައްސާރައިގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅު ވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ، އޭނާ، ވިސާގެ މައްސަލާގައި އިނގިރޭސީވިލާތުގައި ހައްޔަރު ކޮށްފައިވަނިކޮށެވެ. އަދި އޭނާ ޖަލުން ދޫކޮށްލި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި ޓުވީޓުގައި އަލީ ވަހީދު ވިދޅުވެފައިވަނީ، އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާންވެސް އޭނާ ހުންނެވީ ތައްޔާރަށް ކަމަށާއި އޭނާ އަދި އެނބުރި އަންނާނޭ ކަމުގައެވެ.

ދައްކަން އުޅުނު ވާހަކަ ދައްކާނޭކަމަށް އަލީ ވަހީދު ވިދާޅުވެފައިވި ނަމަވެސް އެއީ ކޮންވާހަކައެއް ކަމެއް އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ. އަދި އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހުންނެވީ ވިސާގެ މުއްދަތު ހަމަވެސް އިގިރޭސިވިލާތުގެ ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކޮށްފައެވެ.

ސަރުކާރުން އެންމެ ފަހުން ހާމަ ކޮށްފައިވާ ގޮތުގައި، އިނގިރޭސި ވިލާތުގެ ޖަލުގައި ބަންދުކޮށްގައި ހުންނެވި އަލީވަހީދު ރާއްޖެ ގެނައުމަށް މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އަދި މީގެ އިތުރުން، އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފައިވާކަން އެ ޤައުމުގެ ފުލުހުން ކަށަވަރުކޮށްދީފައިވާ ކަންވެސް ފުލުހުން މިމަހުގެ 7 ވަނަ ދުވަހު ވަނީ ބުނެފައެވެ. އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަރޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންފައި ނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ މަހު ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ދައުވާތަކެއް ކޯޓުގައި އުފުލާފައެވެ. އަދި އެމައްސަލަތައް އޮންލައިންކޮށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

ރޭގެ ވަގުތެއްގައި ކުރި ޓުވީޓެއްގައި، ދައްކަންޖެހޭ ވާހަކަ ދައްކާނެ ކަމަށް އަލީވަހީދު ވިދާޅުވެފައިވާއިރު، އޭނާ އިނގިރޭސިވިލާތުގައު ހައްޔަރު ކޮށްފައިވަނީ، ހައްޔަރު ކުރި ދުވަހު އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލު ކުރުމަށް ޓުވިޓަރ މެދުވެރިކޮށް ނޫސްވެރިންނަށް ދައުވަތު އަރުވާފައި ވަނިކޮށް ކަން ފާހަގަ ކޮށްލެވެއެވެ.
އަދި އެއަށްފަހު، އޭނާގެ އަތުގައި މިސަރުކާރާގުޅޭ މުހިންމު ލިޔެކިޔުންތަކެއް ހުރިކަމަށްވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިހާރު
އަވާމެންދުރުމެން ހާދަ ހީކަރުވައޭ ދޯ
ޢ ޢަވާމެނދުރު
މީހުންނަން ބިރުދައްކަންވެގެން ދައްކާހަ ވާހަކަ ނުދެއްކިގެންތިއުޅެނީ އަގާގަ އޮތްތަލިރަންގަޑު ވެންތެނީތަނޫނީ ދައުވާ ބާތިލުކުރެަތޯ ދައްކާހާ ވާހަކަތަ