މޭޔަރު މުއިއްޒު ރަސްމީ ދަތުރު ފުޅެއްގައި ތުރުކީއަށް

މޭޔަރު މުއިއްޒު ރަސްމީ ދަތުރު ފުޅެއްގައި ތުރުކީއަށް

Author
ހުސެއިން
11 ސެޕްޓެމްބަރ 2021 06:49
0

މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާ ވަޑައިގެންފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރީ ޓުވީޓެއްގައި ބުނެފައިވަނީ، މިދަތުރުގެ މަޤްޞަދަކީ ތުރުކީގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލްކޮށް އެ ސިޓީތަކާއި ގުޅުންބަދަހިކޮށް، އަދި އޭގެ އިތުރުން، މާލޭ ސިޓީއާއި ގުޅުންހުރި އެކި ކަންކަމަށް އެހީތެެރިކަން ހޯދޭނެ މަގު ފަހިކުރުން ކަމުގައެވެ.

މޭޔަރު މުއިއްޒުގެ މި ދަތުރާގުޅޭ އިތުރު މައުލޫމާތެއް ސިޓީ ކައުންސިލުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންތިރި
މީހުންނާ ނުމީހުންގެ ތަފާތު ފެނޭތަ ގަތަރޭ
q qatarey
ޗުއްޓީ ދަތުރެއް އަޅާލަނީ ދޯ! މާލެސިޓީ ގަތަރާ އރއް ފެންވަރަށް!!!