އެމްއެންޕީއަށް މެމްބަރުން އިތުރު ކުރުމަށް ލ.އަތޮޅަށް

އެމްއެންޕީއަށް މެމްބަރުން އިތުރު ކުރުމަށް ލ.އަތޮޅަށް

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2021 03:22
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް މެމްބަރުން އިތުރު ކުރުމަށް އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ލ.އަތޮޅަށް ދަތުރެއް ފަށައިފިއެވެ.

ލ.އަތޮޅަށް ކުރާ މިދަތުރުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ. މިދަތުރުގައި ލ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެންންޕީން ދަނީ ކޮންމެ ހަފްތާ ބަންދަކުވެސް އަތޮޅު ތެރޭގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް މެމްބަރުން އިތުރު ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެމްއެންޕީން ވަނީ ރާއްޖޭގެ އެންމެ ދެކުނުގައާއި، އިތުރުރުގައާއި، މެދު ރާއްޖެ ތެރޭގައިވެސް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅާފައެވެ. އަދި އައްޑޫ ސިޓީގައި ވަނީ އެމްއެންޕީގެ އޮފީހެއްވެސް ހުޅުވާފައެވެ.

އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.