2015ވަނަ އަހަރު ޕެރިހުގައި ދިން ހަމަލާގެ ތުހުމަތުކުރެވޭ މީހާ އޭނާއަކީ އައިސް ހަގުރާމަވެރިއެއްކަމަށް ކޯޓުގައި ބުނެފި

2015ވަނަ އަހަރު ޕެރިހުގައި ދިން ހަމަލާގެ ތުހުމަތުކުރެވޭ މީހާ އޭނާއަކީ އައިސް ހަގުރާމަވެރިއެއްކަމަށް ކޯޓުގައި ބުނެފި

Author
ހުސެއިން
09 ސެޕްޓެމްބަރ 2021 06:33
0

2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ފްރާންސްގެ ވެރިރަށް ޕެރިހުގައި ދިން ވަރުގަދަ ބަޑީގެ ހަމަލާތަކުގައި 130 މީހުން މަރުވި ހާދިސާ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ދުނިޔޭގައި ހުރި ހަމަ އެކަނި މީހާ ކަމަށްވާ، ފްރާންސްގެ މޮރޮކޯ ދަރިކޮޅުގެ ސަލާހު އަބުދުއެސްލާމް އޭނާއަކީ އައިސިސް ޖަމާއަތުގެ ހަގުރާމަ ވެރިއެއްކަމުގައި ކޯޓުގައި ބުނެވިއެވެ.

2015 ވަނަ އަހަރު ޕެރިހުގައި ދިން މި ވަރުގަދަ ހަލަމާތަކުގެ ޒިންމާ އައިސިސް ޖަމާއަތުންވަނީ ނަގާފައެވެ. މި ހަމަލާތަކުގައި 130 މީހުން މަރުވެ، އެތައްސަތޭކަ ބަޔަކު ޒަޚަމްވެފައި ވެއެވެ.

ބަޑި ހިފައިގެން ތިބި ހަގުރާމަވެރިންތަކެއް ޖާނުން ފިދާވާ ބޮން ގައިގައި ހަރުކޮށް، ބަޑި ހިފައިގެން ތިބެ، ޕެރިސްގެ 6 ބާއަކަށާއި އަދި އިތުރު ރެސްޓޯރަންޓްތަކަށާއި، ބަޓަކްލޭން ކޮންސާޓް ހޯލަށާއި، އަދި ސްޕޯޓްސް ސްޓޭޑިއަމްއަކަށް ދިން މިހަމަލާތަކުގެ ޝަރީއަތް މި ހަފްތާގެ ބުދަދުވަހު ފްރާންސްގައިވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.