މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން، ފީނަންގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން، ފީނަންގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

Author
ހުސެއިން
08 ސެޕްޓެމްބަރ 2021 06:15
0

ބ. މާޅޮހުގެ ޒުވާނަކު ފީނަން ގޮސް އުޅޭނިކޮށް، ހިބަރެއްގެ ތުންގަޑު މެޔަށް ހެރިގެން ޒުވާނަކު މަރުވެއްޖެއެވެ.

ޕޮލިހުންގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި، ފީނަން ގިސްއުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަޑު ހެރިގެން މިއަދު ހަވީރުގެ ވަގުތެއްގައި ބ. އަތޮޅު ހިސްޕިޓަލަށް ގެނެދެވުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހިބަރެއްގެ ތުންގަޑު މެޔަށް ހެރިގެން މަރުވެފައިވަނީ މާޅޮހުގެ، އުމުރުން 33 އަހަރުގެ ޒުވާނެކެވެ.

ޕޮލިހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު 16:10 ހާއިރު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.