ބިލެއްފަހި ބަނދަރު އެއްގަމުތޮށީގެ ކޮންކްރީޓް ގައު އަތުރާ ނިމިއްޖެ

ބިލެއްފަހި ބަނދަރު އެއްގަމުތޮށީގެ ކޮންކްރީޓް ގައު އަތުރާ ނިމިއްޖެ

ގުޅުންހުރި

ށ.ބިލައްފަހީ ބަނދަރު އެއްގަމުތޮށީގެ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހު ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން 40,576 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 1,150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި އެކުންފުނިން ކުރާނެ އެވެ،

ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ