މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދައިދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފުއްދައި ދިނުމަށް ގޮވާލައި ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުން ޔައުޤޫބް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި މިސަރުކާރަށް ލަސްވަނީ ކުރީ ސަރުކާރުން ކަންކޮށްފައިވާ ގޮތުންކަމަށެވެ. ބާރުތައް ހަމައެކަނި މާލެއަށް ޖަމާކޮށް، މާލެ ސަރަހައްދަށް ހުރިހާ ކަމެއް ޖަމާކުރުމުން، މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ ވަރަށް ގިނަ ހައްގުތަކެއް ނުލިބިވާކަމަށެވެ.
ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގެ ނަމުގައި ނިމިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކޮށްދެއްވި އެއްވެސް މަސައްކަތެއް ނެތްކަމަށް ޔައުގޫބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިސަރުކާރުގެ ބާކީ އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ބިން ހޯދައިދީ، ފްލެޓް ދީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވާނެކަމީ ޝައްކު ކުރައްވާ ކަމެއްނޫންކަމަށް ޔައުގޫން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ