ޞިއްޚީ ދާއިރާގައި ހުރި މައްސަލަތަކަކީ ޒަމާނުއްސުރެއް ހިންގި ގޮތުން ހުރިމައްސަލަތަކެއް: ސަލީމް

ޞިއްޚީ ދާއިރާގައި ހުރި މައްސަލަތަކަކީ ޒަމާނުއްސުރެއް ހިންގި ގޮތުން ހުރިމައްސަލަތަކެއް: ސަލީމް

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2021 11:07
0

ޞިއްޚީ ދާއިރާގައި ހުރި މައްސަލަތަކަކީ ޒަމާނުއްސުރެއް އެދާއިރާ ހިންގި ގޮތުން ހުރިމައްސަލަތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އޭނާ ވިދާޅުވީ މިހާރު ޞިއްޚީ ދާއިރާގައި ދިމާވާ މައްސަކަތަކަކީ ޒަމާނުއްސުރެއް ރާއްޖޭގެ ސިއްޚީ ނިޒާމު ހިންގި ގޮތުން ދިމާވާ މައްސަލަތަކެއްކަމަށެވެ. ނަމަވެސް ޞިއްޚީ މަރުކަޒުތަކަށް މިއަހަރުގެ ބަޖެޓް ތައްޔާރު ކުރާއިރު، ރަށްރަށުގެ ކަންކަން އެރަށަކުން ހަމަޖެހޭނެހެން އެރަށެއްގެ ޞިއްޚީ ކަންކަމުގެ ބަޖެޓް އެރަށަކަށް ދިނުމަށް ސަލީމް ވަނީ ގޮވާލާފައެވެ.

އެނާ ވިދާޅުވީ ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ހޯދައި، އެކަން މަގުފަހި ކޮށްދިން ނަމަވެސް ވެކްސިން ޖަހަން އެންމެ ފުރަތަމަ ކުރި މަސައްކަތުގައި އިދިކޮޅު ފަރާތްތަކުން މަަސއްކަތް ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ. ވެކްސިން ނުޖެހުމަށް ރައްޔިތުންނަށް ވިސްނައިދީ، ޤާނޫނެއްގެ ދަށުން ނޫނީ ވެކްސިން ނުޖެހުމަށް ބާރު އަޅަމުން ދިޔަކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކޯވިޑްގައި ޒިންމާދާރު މަސައްކަތްތަކެއް ކުރިނަމަ މިއަދު ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅު ހިސާބެއްގައި އޮންނާނެކަމަށް ސަލީމް ވިދާޅުވިއެވެ.

ވެކްސިން ނުޖެހުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުން ގެންދިޔަ. ޤާނޫނެއް ހަދައިގެން ނޫނީ ވެކްސިން ނުޖެހޭނެކަމަށް ބުނަމުން ގެންދިޔަ. ދިވެހި ސަރުކާރުން ރައްޔިތުން ގާތުގައި އާދޭސް ދަންނަވަމުން އެދަނީ ވެކްސިން ޖެހުމަށް. މިނޫން މަދު ޤައުމެއް އަޅުގަނޑުމެންނަށް ފެނިފައި އޮތީ ވެކްސިން ލިބިފައިވަނީ. މިކަންވެސް ރައްޔިތުންނަށް ނުބައިކޮށް ވިސްނަވައި ދިނުމުގެ ނަތީޖާއަކީ މިއަދުވެސް އަޅުގަނޑުމެން މިކަމުގައި އުޅެންޖެހުން.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ކޯވިޑްގައި ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތައް އަދަދުތަކުން ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޯވިޑް އެންމެ ފުރަތަމަ ފެނިގެން ދިޔައިރު ރާއްޖެއަކީ ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއްނެތް ޤައުމަކަށް ވާއިރު، މިއަދު ފަސޭހަ ކަމާއިއެކު ކޯވިޑް ޓެސްޓް ކުރެވޭނެ މަގު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާކަށެވެ. އަދި ފަރުވާދޭނެ ތަންތަނާއި، ވަސީލަތްތައްވެސް ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާކަމަށެވެ.

ސަލީމް ވިދާޅުވީ ފްރަންޓްލައިން އެލަވެންސް އަދިވެސް ނުދެވި ހުރި ބައެއް މީހުން ތިބިކަމަށާއި، ނަމަވެސް ސަރުކާރުން އެކަން ހަމަޖައްސަމުންދާކަމަށެވެ. އަދި މިހާތަނަށް 12،000 އަށްވުރެ ގިނަމީހުންނަށް ފްރަންޓްލައިން އެލަވެންސް ދޫކޮށްފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.