ހިތްވަރު ހުރިއްޔާ ރިޓަޔާކުރިކުރުން ބާތިލް ކުރައްވާ، ވަޒީފާއަށް ނިކުތުމުގެ ހިތްވަރު އެބަހުރި

ހިތްވަރު ހުރިއްޔާ ރިޓަޔާކުރިކުރުން ބާތިލް ކުރައްވާ، ވަޒީފާއަށް ނިކުތުމުގެ ހިތްވަރު އެބަހުރި

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 12:23
0

ކުރީގެ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވާނަމަ، ރިޓަޔަރ ކުރިކުރުން ބާތިލްކުރުމަށް އޭނާ އެދިވަޑައިގެންފިއެވެ.

ފައިރޫޝް މިހެން ވިދާޅުވީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވި ނިންމުން ނިންމާފައިވާ ގޮތް ބަލައިގަނެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައެވެ. ފައިރޫޝް ވިދާޅުވީ އަމިއްލަ މުށުތެރޭގައި ހުރިހާ ބާރެއް އޮވެ ދައްކަވަމުންދާ ވާހަތަކުގެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

ޝަރަފްވެރިކަމާއިއެކު ރިޓަޔަރ ކުރެއްވި ކުރުމާއިމެދު ސުވާލު އުފައްދައި ދައްކަވާ ވާހަކައިގެ އޮޓަރެއް ހުރިނަމަ ރިޓަޔަރ ކުރި ކުރުން ބާތިލްކުރެއްވުމަށް އޭނާވަނީ އެދިފައެވެ. އަދި ވަޒީފާއަށް ނިކުތުމުގެ ހިތްވަރުވެސް ހުރިކަމަށް ފައިރޫޝް ވަނީ ވިދާޅުވެފައެވެ.

ހުރިހާ ބާރެއް މުށުތެރޭގައި އޮވެމެ ކޮން ހޮޅިވާހަކައެއް ތިދައްކަނީ؟ ތިދައްކާ ވާހަކައިގާ އެއްވެސް އޮއްޓަރެއް ހުރިއްޔާމު ރިޓަޔަރ ކުރި ކުރުން ބާތިލްކުރައްވާ! އަލުން ވަޒީފާއަށް ނުކުތުމުގެ ހިތްވަރު އެބަހުރި.

– ފައިރޫޝް ވިދާޅުވިއެވެ.

ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ކޮމިޓީއަށް ދެއްވި މަޢުލޫމާތުގައި ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔާކުރުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ސުވާލު އުފައްދައި އެއްވެސް މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރު ވަނީ ފައިރޫޝް ރިޓަޔަކުރައްވަން 2020ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން ތައްޔާރުވަމުން އަންނަ ކަމަށާއި އޭނާ ރިޓަޔަކުރައްވަން އުޅުއްވި އިރު ފުލުހުންގެ ގާނޫނަށް އެފަދަ އިސްލާހުތަކެއް ގެންނަން އުޅޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 112 ވަނަ މާއްދާގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ޙާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ޙާލަތުވެސް އުފެދިފައި ނެތި ޑރ.ޢަބްދުﷲ ފައިރޫޝްގެ ޢަމަލުތައް ރަސްމީ ޕާލަމަންޓަރީ ރިކޯޑިން ތަކުންނާއި، ޢާންމުވެފައިވާ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންގ ތަކުން ފެންނަންހުރި މަންޒަރުތަކުން، ޝަރަފުވެރިކަމާއެކު ފައިރޫޝް ވަޒީފާއިން ރިޓަޔާކުރެއްވުމަށް ނިންމަވާފައިވާ ނިންމުން އެންމެ ފުރިހަމައަށް ބެލިފައިވާކަމަށް މި ކޮމިޓީއަށް ޤަބޫލުނުކުރެވޭ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.