ތިން ދާއިރާއަކުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ތިން ދާއިރާއަކުން ކަނޑައެޅުމަށް ހުށަހެޅި 5 ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަންހެން ބޭފުޅުންނެވެ. މިބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިންޓަރވިއު ކުރެއްވި ބޭފުޅުންގެ ތެރެއިން ތަޅުމަށް ފޮނުވުނު ތިން ނަމަށްވަނީ ވޯޓަށް އަހާފައެވެ.
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރުުހުން ދިން މެމްބަރުން:
– ޖެންޑާ އިކުއަލިޓީގެ ދާއިރާގެ މެންބަރުގެ މަގާމަށް އަޒްހާ ޒަމީރު، މ. ލިލީޒް އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 43 މެންބަރުން
– ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ މެންބަރު މަގާމަށް ފާތިމަތު ނިއުމާ، ގ. ހީމާލީގެ އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 43 މެންބަރުން
– މަދަނީ ޖަމިއްޔާތަކުގެ ތަޖުރިބާކާރު މެންބަރުގެ ގޮތުގައި ފާތިމަތު ޒީނާ އަލީ، ހ. ރައިޒިން ސަން އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 42 މެންބަރުން
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ. ބޯޑުގައި މިހާރު މަދުވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ ތިން ދާއިރާއަކުން ކަނޑައަޅަންޖެހޭ މެމްބަރުން ކަނޑައެޅުމެވެ. އެގޮތުން ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން ކަނބަލަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް ކަނޑައެޅުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ