އިންޖީނު ހުއްޓުނު ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

އިންޖީނު ހުއްޓުނު ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

Author
މުޙައްމަދު ޖިމީ
28 އޮކްޓޯބަރ 2020 03:14
0

އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ 16 މީހުންނާއެކު މ.މުލުން ލ.ގަމަށް ދަތުރުކުރަމުންދިޔަ 42 ފޫޓުގެ "ނަސީބު" ނަމަކަށް ކިޔާ ދޯންޏެއް އިސްދޫއާއި ދިމާ 12 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުމާއި ގުޅިގެން ސެންޓްރަލް ކޯށްޓްގާޑު ސްކޮޑަރުންގެ އެހީތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. މިޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 13:14 ހާއިރުކަމަށާއި، އެވަގުތު އެދޯނީގައި 12 މީހުން ތިބިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މިހާރު އެދޯނި ލ.ގަމަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށްވެސް އެމްއެންޑީއެފް އިން އިލްމާސްކުރެއެވެ.

އެމްއެންޑީއެފް އިން ވަނީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.