ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ، އަދިވެސް ކޮމިޓީ މަރުހަލާގައި އޮތް ނަފްރަތުގެ ބިލު އޮތްގޮތަށް، އޮތް މަހުފޫމުގައި ފާސްވެގެން ދާނެކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.
މަޖިލިސް ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަ، 6 މޭގެ ޓެރަރިސްޓު ހަމަލާއަށްފަހު، ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން، އިނގިރޭސިވިލާތުގައި ހުންނަވައިގެން ފުރަތަމަ ފަހަރަށް އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުއާއި ރައީސް ސާލިހާ ދެބޭފުޅުން ދެމެދުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވެގެންދިޔަ އެއްމަސަލަ ކަމުގައިވާ ނަފްރަތުގެ ބިލާ ގުޅޭގޮތުންވެސް ޕްރެސްގެ ވަކިހިސާބެއްގައި ނަޝީދުވަނީ އަލި އަޅުއްވާ ލައްވާފައެވެ. މިގޮޮތުން ނަފްރަތުގެ ބިލާ ގުޅޭގޮތުން ނަޝީދު ވާހަކަ ދައްކަވާފައިވަނީ، ރައީސް ސާލިހަށް ކުރެއްވި ތާއީދު އަބުރާ ގެންދެވުމަށް ކުރިން ނިންމެވި ނިންމެވުން މިހާރު އަބުރާ ގެންދެވީތޯ ސާފުކުރެއްވުމަށް ނޫސްވެރިޔަކު ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުންނެވެ.
މިސުވާލުގެ ޖަވާބު ނަޝީދު ބޮޑަށް އަމާޒު ކުރައްވާފައިވާފައިވަނީ، ދެބޭފުޅުންގެ މެދުގައި އުފެދުނު ހަަމަނުޖެހުމުގެ އަސްލަކީ، ނަފްރަތުގެ ބިލްކަމުގައި މޭރުން ކުރައްވަމުންނެވެ. ނަޝީދު ވިދާޅުވެފައިވަނީ، ނަފްރަތުގެ ބިލްވަނީ އަދިވެސް މަޖިލިހުގައި ކަމަށާއި، އެމަނިކްފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަދިވެސް އެބިލް ސަރުކާރުން ހުށަހެޅެއްވި މަހުފޫމުގައި ފާސްވެގެންދާނެ ކަމުގައެވެ.
އަޅުގަޑު ދެންނެވި ވާހަކާގައި އަޅުގަޑަށް ދެންނެވޭނީ، އަޅުގަޑު ދެންނެވިން ނަފްރަތުގެ ބިލު އެއީ އަޅިގަޑު ދެކޭ ގޮތުގައި މުހިންމު ކަމެއް އޮތް ބިލެކޭ. ދެން މިހާރު އަޅުގަޑަށް ފެންނަ ފެނުމުގައި އެބިލު މިހާރު އެދަނީ ރަގަޅަށް ބަހުސް ކުރެވެމުން، އަދި އެބިލު އަޅުގަޑުމެން މިދެކޭ ގޮތުގައި އެ އޮތް މަހުފޫމުގައި އޮތްގޮތަށް އިރާދަކުރެއްވިއްޔާ ފާސްވެގެން ދާނެ.
ނަޝީދު ވިދާޅުވެފައި ވެއެވެ.
ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ އެކީގައި ސިޔާސީ މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި އިރު، ނަފްރަތުގެ ބިލަކީ އެމަނިކްފާނު ދެކެވަޑައިގަންނަވާ ގޮތުގައި މުހިންމުކަމެއް އޮތް ބިލެއްކަމުގައި ދަންނަވާފާ ވާނެކަމަށާއި، އަދި މިހާރު ފެންނަ ފެނުމުގައި އެބިލު ދަނީ ރަޅަށް ކަމުގައެވެ.
ނަފްރަތުގެ ބިލު މަޖިލިހުގައި މިހާރުދަނީ ރަގަޅަށް ކަމަށް ނަޝީދު ވިދާޅުވިނަމަވެސް، ފާއިތުވެދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު، ރައީސް ސާލިހު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، މިބުލާއި ގުޅޭގޮތުން ސަރުކާރުގެ ސްޓޭންޑް ވަރަށްވެސް ސާފުކޮށް ސަރީހަ އިބާރާތުން ވިދާޅުވެ ދެއްވާފައިވެއެވެ. ރައީސް ސާލިހު ވިދާޅުވެފައިވަނީ، ސަރުކާރުން އެންމެ ފުރަތަމަ ހުށަހެޅުއްވި ގޮތަށް ދެން މަޖިލިހުން އެބިލް ފާސްކުރަން ސަރުކާރުން ބޭނުން ނުވާކަމުގައެވެ.
ނަތީޖާއެއްގެ ގޮތުން، ކޮމިޓީ މަރުހަލާ ނިންމުމަށްފަހު، މަޖިލިހުގެ ތަޅުމަށް ބިލް ހުށަހެޅުމަށްފަހު، ޕާލަމެންޓްރީ ގްރޫޕުގެ ތާއީދު ނުލިބޭނެކަން ޔަގީންވެ، އަލުން މިބިލްވަނީ ކޮމިޓީ މަރުހަލައަށް އަބުރާ ގެންދެވިފައެވެ. އަދި ފަހުން އެޓާނީ ޖެނެރަލް ވަނީ، މި ބިލާގުޅޭގޮތުން އަލުން ދައުލަތުގެ މުވައްސަސާތަކާއި، އަދި ދީނީ އިލްމު ވެރިންނާވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ސްޕޮންސަރ ކުރައްވައިގެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ނަފްރަތުގެ ބިލް ވެގެން ދިޔައީ ފަހަކަށް އައިސް، އެބިލާގުޅޭގޮތުން މުޅި މުޖުތަމަޢުގެ ގިނަ ބައެއްގެ ފާޑިކިއުން އަމާޒުވެ، ގިނަ އަދަދެއްގެ ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ދިނީ އިލްމުވެރިންނާއި އަދި މީގެ އިތުރުން އެމްޑީޕީ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓިތަކުންވެސް އެބިލަކާ ދެކޮޅަށް ފާޅުގައި ތެދުވި ބިލަކަށެވެ.
One Response
ބިލުފާސްވުގެކުރިން ބަރަސްބަލިޖައްސަވާ ނެތިކުރައްވާފާދޭ