މަހާޖައްރާފަށް އެއްލައްކަ ރުފިޔާގެ މުސާރައިގައި ކެޕްޓަނެއް ހޯދަނީ

މަހާޖައްރާފަށް އެއްލައްކަ ރުފިޔާގެ މުސާރައިގައި ކެޕްޓަނެއް ހޯދަނީ

ގުޅުންހުރި

އެމްޓީސީސީގެ ކޮންނަ ބޯޓް "މަހާޖައްރާފު" ދުއްވާނެ ކެޕްޓަނުން ހޯދަން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އެއް އަހަރުގެ މުއްދަތަށް ނަގާ މި މަގާމުގެ މުސާރައަކީ 109،000ރ. އެވެ. މުސާރައިގެ އިތުރުން ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ލިބޭނެއެވެ. މި މަގާމަށް ނަގާ މީހަކު މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރާނެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ ނުވަ ވަނަ ދުވަހެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ކަނޑު އުޅަނދުގެ ދާއިރާ އިން ތަމްރީންނާއި ތައުލީމު ހުންނަން ޖެހެ އެވެ.

މަހާޖައްޔާފު ކުރިން ދުއްވަމުން ގެންދިޔައީ ބޭރު މީހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އުޅަނދުގައި ހަރަކާތްތެރި ވަނީ ހުސް ދިވެހިންނެވެ. މިގޮތުން 17 ދިވެހިން މި ބޯޓުގައި ހަރަކާތްތެރިވާނެ އެވެ. މީގެތެރޭގައި ކެޕްޓަނުން އިން ފެށިގެން އިންޖިނޭރުންނާއި ކައްކާއިން ވެސް ހިމެނެ އެވެ.

މިމަގާމަށް ކުރިމަތިލާ މީހަކީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ މާސްޓަރ އަންލިމިޓެޑް (500 GT ގެ އުޅަނދެއްގެ މާސްޓަރުކަން (STCW II/2)) އޮންނަ މީހަކަށް ވާން ޖެހޭނެއެވެ. އޭގެ އިތުރުން ޖީ.އެމް.ޑީ.އެސް.އެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިއޮންނަން ޖެހޭނެއެވެ. އަދި STWC Manila 2010 (އެއަށް ގެނެވިފައިވާ އިޞްލާޙުތައް ހިމެނޭ ގޮތަށް) ގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ފެތޭ ތަޢުލީމާއި ތަމްރީން ޙާސިލްކޮށްފައިވާ މީހަކަށް ވެސް ވާން ޖެހޭނެއެވެ.

އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔެކިޔުމުގެ ޤާބިލްކަން ލިބިފައިވުމާއި އެންސިލަރީ ޕްރޮފިޝަންސީ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައިވުމާއި (އަޕްޑޭޓެޑް STCW ބޭސިކް ސޭފްޓީ ޓްރެއިނިންގ ކޯސް ހިމެނޭ ގޮތަށް) ޕީއެމްއެސް ސިސްޓަމަށާއި ކޮމްޕިއުޓަރަށް ފަރިތަވުމަކީ ވެސް މަގާމުގެ ޝަރުތެކެވެ.

އެމްޓީސީސީން ބިން ހިއްކުމުގައި މުހިންމު ދައުރެއް އަދާކުރާ މި އުޅަނދުވެފައިވަނީ މިހާރު އެ ކުންފުނީގެ މުހިންމު އެސެޓަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ