އިތުރު އޮފިސަރަކު ކޯވިޑަށް ޕޮޒިޓިވްވެ، އަނެއްކާވެސް މާފުށި ޖަލު ކުއްލި ހާލަތަކަށް ގެނެސްފި

އިތުރު އޮފިސަރަކު ކޯވިޑަށް ޕޮޒިޓިވްވެ، އަނެއްކާވެސް މާފުށި ޖަލު ކުއްލި ހާލަތަކަށް ގެނެސްފި

Author
ހުސެއިން
05 ސެޕްޓެމްބަރ 2021 08:57
0

މާފުށީ ޖަލުން އިތުރު އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރޭގެ ވަގުތެއްގައި އަނެއްކާވެސް މާފުށީ ޖަލު ކުއްލި ހާލަތައް ގެނެސްފިއެވެ.

ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ޖަލުގައި މަސައްކަތް ކުރާ އިތުރު އޮފިސަރަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މިހާރު ކަރެކްޝްންސް އިންދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ.

ކަރެކްޝަންސްގެ އޮތުރު އޮފިސަރަކު ކޯވިޑަށް ޕޮޒިޓިވްވެ، ޖަލު ކުއްލި ހާލަތަކަށް މިހާރު ގެނެވިފައިވާތީ، ވަގުތީ ގޮތުން ގައިދީންގެ ހުރިހާ މޫވްމަންޓްތައް މިހާރު މެދުކަނޑާލާފައިވާ ކަމަށްވެސް ކަރެކްޝަންސްއިންވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިފިސަރު ކޯވިޑަށް ޕޮޒިޓިވް ވުމަށްފަހު، އޭގެ ފަހުން ނެގި ސާމްޕަލްތަކުން އިތުރު އޮފިސަރެއް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއީ މާފުށީ ޖަލުން ކޯވިޑަށް ޕޮޒިޓިވްވި ދެވަނަ އޮފިސަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.