ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، ފަނޑިޔާރުންނަށް ނުފޫޒް ނުފޯރުވާނެކަމުގެ %100 ކަށަވަރުކުރައްވާކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރައިސް ޔާމީންގެ މައްޗަށް އިންވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި ގުޅޭގޮތުން ލީކުވެފައިވާ އޯޑިޔޯގައި އެ މައްސަލާގައި ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ޤާޟީ އަލީ އާދަމްވަނީ އޭނާއާ އަލީ ޒާހިރު ބައްދަލުކުރައްވައި އެ މައްސަލާގައި އަމަލުކުރަންވީ ގޮތް ވިދާޅުވެދެއްވާފައިވާ ކަމަށެވެ. މި އޯޑީޔޯގައި އިވެނީ ސަމީރާ ބައްދަލުކޮށް އާންމު މީހަކު ދެއްކެވި ވާހަކައެވެ. ރައީސް ޔާމީނުގެ މައްސަލާގައި ބެންޗު އެކުލަވައިލުމުގެ މަރުހަލާގައި އެއްވެސް މީހަކާ ބައްދަލުކުރެއްވިތޯ އެ މީހާ އަލީ އާދަމާ ސުވާލުކުރެއެވެ.
ރައީސް ޔާމީންގެ ޝަރީޢަތަށް ޢަލީ ޒާހިރު ނުފޫޒްފޯރުވިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާން ނުގުޅާނެކަން %100 ކަށަވަރުކަމަށެވެ.
އެބޭފުޅާ މިވެނި މީހަކަށް ގުޅިއޭ މިވެނި ހުކުމެއް ކޮށްދޭން އެދުނޭ ކިޔައިގެން ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކު އެދައްކަނީ އުފައްދައިގެން ދައްކާ ބުހުތާނު ދޮގު ވާހަކަތަކެއް
– ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
Raees office CS @alixahir fandiyaarunnah nufoozu foaruvaan nugulhaanekan alhugandah 100% kashavaru! Ebeyfulhaa miveni meehakah gulhiyey miveni hukumeh kohdheyn edhuney kiyaigen ppm ah nisbaih vaa bayaku e dhakkany ufahdhaigen dhakkaa buhuthaanu dhogu vaahaka thakeh!
— Ali Zaid (@alizaid1000) September 4, 2021
ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް އިދިކޮޅުން ކުރައްވާ ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރައްވައެވެ. ޗީފް އޮފް ސްޓާފްގެ އޯޑިޔޯ ހުރިކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ