ޤައުމީ ފުޓުބޯޅަ ޓީމުގެ މިޑްފިލްޑާރ، މުހައްމަދު އިރުފާން (އިރޭ) މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިއްޖެއެވެ.
އިރުފާންއަކީ މާޒިޔާ ސްޕޯޓްސް ކްލަބްގެ ވައިސް ކެޕްޓަންވެސް މެއެވެ. ޤައުމީ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އިރުފާނަކީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ރިޔާޒު ނިސްބަތްވާ ދާއިރާގެ، ތިމަރަފުއްޓަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
އެމްއެންޕީއިން އެޕާޓީ އުފެއްދުމަށްޓަކައި ގިނަ ބައެއްގެ ސޮއި ހޯދަމުންދާއިރު، ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުންނާއި، ސިޔާސީ ތަޖުރިބާކާރުން ގެންދަނީ އެޕާޓީއާއި ގުޅެމުންނެވެ.
އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ