ކުޅިވަރުގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ވަސީލްތައް ޤާއިމްކުރުމަށް 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ކައިން އޮފް ކްރެޑިޓްގެ ދަށުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމުގެ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއެވެ. އަދި އިންޑިއާގެ އެގްޒިމް ގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްތިމް ވެޑް އެވެ.
Minister @iameeru and Mr. Nirmit Ved, General Manager of Exim India has signed a USD 40 million Line of Credit Facility Agreement to implement the Sports Infrastructure Development Projects in Maldives pic.twitter.com/nFKmHDmDgo
— Ministry of Finance (@MoFmv) September 2, 2021
ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމުގެ މި އެއްބަސްވުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް އިއްޔެ ވިދާޅުވެފައިވަނީ މިމަޝްރޫޢުގެ ދަށުން މާލޭ ގަލޮޅު ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް ނެޝަނަލް ވޮލީ އަދި ބާސްކެޓް ބޯލް ކޯޓް ތަރައްޤީކުރުން ހިމެނޭކަމަށެވެ. އަދި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުންވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވަނީ މި މަޝްރޫއު ކުރިއަށް ގެންދާނެ ރަށްރަށް ހާމަކުރައްވާފައެވެ.
މީގެ ތެރޭގައި އެބަހިމެނޭ ހދ.ކުމުންދޫ ޔޫތު ސެންޓަރުގެ މަސައްކަތް، އަދި ތ.ކަނޑޫދޫގެވެސް ޔޫތު ސެންޓަރުގެ މަސައްކަތް ހިމެނޭ. މީގެ އިތުރު ގަލޮޅު ދަނޑު އަލުން އިތުރަށް ތަރައްޤީކުރުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ. އަދި ނެޝަނަލް ބާސްކެޓް ބޯލް ސެންޓަރެއް މަލްޓިޕްލެކްސްއެއް ހެދުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ މި އެއްބަސްވުމުގެ ތެރެއިން. ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރއެއް ނެޝަނަލް ވޮލީބޯލް ކޯޓެއް އަދި ސިންތެޓިކް ޓްރެކް އެކި ރަށްރަށުގައި، އެއީ ކުޅުދުއްފުށީ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އައްޑޫ އަދި އައްޑޫ ހިތަދޫގަ ކުރިއަށް ގެންދެވޭނެ. މީގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރުމަށް ފައިނޭންސް ކުރެވިގެންދާނެ. މަބްރޫކް ވިދާޅުވިއެވެ.
މިއަހަރު ވެގެންދާނީ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ އަހަރެއްކަމަށާއި މިއަހަރު ގިނަ ކުޅިވަރު ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.