ބޮލީވުޑްގެ ތަރި ޖެކޮލިން ފެރްނާންޑޭޒާ މަނީލޯންޑަރިންގެ މައްސަލައެއްގައި ސުވާލުކޮށްފިއެވެ.
އެންފޯސްމެޓް ޑައިރެކްޓްރޭޓް (އީޑީ) އިން އޭނާއާ ސުވާލުކޮށްފައި ވާކަން އޭއެންއައިގެ ޓްވިޓާގައި ވަނީ ކަށަވަރު ކޮށްދީފައެވެ. މިވަގުތު ދިއްލީގައި ހުރި ޖެކޮލިންއާ ހޯމަދުވަހު ފަސް ގަޑިއިރަށްވުރެ ގިނައިރު ވާންދެން ސުވާލޮކޮށްފައި ވާކަމަށް އޭއެންއައިގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
Enforcement Directorate (ED) is questioning Bollywood actress Jacqueline Fernandez in Delhi for the last five hours, in a money laundering case.
(File photo) pic.twitter.com/ftUj2CkNcN
— ANI (@ANI) August 30, 2021
މި މައްސަލާގައި އޭނާއާ ސުވާލުކޮށްފައި ވަނީ ތުހުމަތުގައި ނޫންކަމަށާއި ހެއްކެއްގެ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އޭނާއާ ސުވާލުކުރީ މަކަރާއި ހީލަތާއި އޮޅުވާލުމުގެ ކުށުގެ ރެކޯޑް އޮތް އަދި މިހާރުވެސް ޖަލުގައި ހުރި ސުކޭޝް ޗަންދްރަޝޭކަރްއާ ގުޅުންހުރި މައްސަލައެއްގަިއ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފިލްމީ މަސައްކަތަށް ބަލާ އިރު ޖެކޮލިން އަތުގައި ގިނަ ޕްރޮޖެކްޓް ތަކެއް އެބަ ހުއްޓެވެ. މި އަހަރު ކުރީ ކޮޅު އޭނާ ވަނީ ދަރަމްޝާލާގައި ފިލްމް "ބޫތް ޕޮލިސް" ޝޫޓް ކޮށްފައެވެ. މި ފިލްމުން ޖެކޮލިން އާއި އެކު ޔަމީ ގޯތަމް، ސައިފް އަލީ ޚާން އަދި އަރުޖުން ކަޕޫރު ފެނިގެން ދާނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހު 17 ގައެވެ.
މީގެ އިތުރުން އޭނާ، ޖޯން އަބްރަހަމާއެކު "އެޓޭކް" އިން ވެސް ފެނިގެން ދާނެއެވެ. އަދި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އިންވެސް ޖެކޮލިން ފެނިގެން ދާނެއެވެ. ހަމަ އެހެންމެ ފިލްމް އަކްޝޭގެ ފިލްމު "ރާމް ސޭތޫ" އިން ވެސް އޭނާ ފެންނާނެއެވެ.