ކޯވިޑް19 އިން ރައްކާތެރި ވުމުގެ ގޮތުން، ފައިޒަރ ވެކްސިން ޖެހި މީހަކު، ވެކްސިން ޖެހިފަހުން މަރުވެފައިވާ ކަމަށް ނިއުޒިލޭންޑުން ބުނެފިއެވެ.
ނިއުޒިލޭންޑުގައި އޮންނަ މިނިވަން ބޯޑެއް ކަމުގައިވާ ކޯވިޑް19 ވެކްސިން ސޭފްޓީ މޮނިޓަރުން ބޯޑުން، މިމީހާ މަރުވެފައިވާ ސަބަބެއް ކަމުގައި ނިންމާފައިވަނީ، މިޔޯކާޑިޓިސް އެވެ. ނިއުޒިލޭންޑުގެ ހެލްތު މިނިސްޓަރީން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ ވަރަށް މަދުން ނޫނީ މެދުވެރިނުވާ، ކޯވިޑް19 ފައިޒަރ ވެކްސިންގެ ސައިޑް އިފެކްޓެއް ކަމުގައެވެ.
ކޯވިޑް19 ވެކްސިން ސޭފްޓީ މޮނިޓަރިން ބޯޑުން ބުނެފައިވާ ގޮތުގައި މިމީހާ ކޯވިޑް19 ވެކްސިން ޖެހިއިރު، އޭނާއަށް ކުރިމަތިވެފައިވާ ސިއްޙީ އެހެން ބައެއް މައްސަލަތައްވެސް ހުއްޓެވެ. އަދި ވެކްސިން ޖެހުމުން ކުރިމަތިވި މައްސަލަތައް ކުރިމަތި ވުމުގައި މުހުރިހާ މައްސަލަތައްވެސް ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށްވެސް ބޯޑުން ބުނެފައި ވެއެވެ.
ނިއުޒިލޭންޑަކީ ދުނިޔޭގައި ކޯވިޑް19 އެންމެ ރަގަޅަށް ކޮންޓްރޯލްކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެގައުމުގައި މިހާތަނަށް ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވަނީ 3,464 މީހުންނެވެ. އަދި މި ބަލީގައި އެގައުމުގައި މަރުވެފައިވަނީ އެންމެ 26 މީހުންނެވެ.
ކޮމެންޓު ފޮނުވާ