އާންމުންގެ ބިންތައް އައްޑޫ ސިޓީ ކައުންސިލަށް ނުނެގޭނެ ކަމަށް ހުކުމްކޮށްފި

އާންމުންގެ ބިންތައް އައްޑޫ ސިޓީ ކައުންސިލަށް ނުނެގޭނެ ކަމަށް ހުކުމްކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2021 05:31
0

އައްޑޫ އިކުއިޓިއަލް ހޮސްޕިޓަލު ސަރަހައްދުން ގޯތި ނެގުމަށް އައްޑޫ ކައުންސިލުން ކުރި އިއްލާން ބާޠިލް ކަމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވަށައިގެން ހުރި ބަންޑާރަ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫސިޓީ ކައުންސިލުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ނިންމާފައިވަނިކޮށް އެ މައްސަލަ ކޯޓަށް އާންމުންގެ ގިނަ ބަޔަކު ވައްދާފައިވަނީ އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުންނެވެ.

އޭއީއެޗް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތައް އައްޑޫ ސިޓީ ކައުންސިލުން ނެގުމާއި ގުޅިގެން އެ ގޯތިތަކުގެ ވެރިން ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ވަނީ އާއްމު މަންފާއަށްކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން އާއްމުންގެ ބިންތައް ނަގަން ނިންމި އިރު އާއްމު މަންފާއަކީ ކޮބާކަން ސާފުކޮށް ނުދެވޭކަމަށެވެ. އަދި އެ ސަރަހައްދުގައި އާއްމު މަންފާއަށް ކުރާކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެކަމަށާއި، ރައްޔިތުންގެ ބިން ނެގޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހުށަހަޅައި ކޯޓު މެދުވެރިކޮށްކަމަށް ހުކުމުގައިވެއެވެ.

އެބިންތައް ނުނެގޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު، ގޯތި ނެގުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުން އަލުން ރިވިއު ކުރުމަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވަނީ 5 ކައުންސިލް މެމްބަރުންގެ ސޮޔާއި އެކީ ކައުންސިލަށް ހުށަހަޅައިފިއެވެ.

ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ވެސް ކުރަން ފަށައިފައެވެ. އިމާރާތްކޮށްފައިވާ މީހުންނާ ވެސް މަޝްވަރާކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. ގޯތިތައް ނަގަން އިއުލާނުކުރި އިރު ކައުންސިލުން ވަނީ އެ ތަންތަނުގައި އިތުރު މަސައްކަތް ނުކުރުމަށް ވެސް އަންގައިފައެވެ.

އައްޑޫސިޓީގެ ބިމުގެ މައްސަލައިގައި އެ ގޯތިތަކުގެ ވެރިފަރާތުގެ އެންމެ ބޮޑު ޝަކުވާއަކީ، އެއްވެސް މަޝްވަރާކުރުމެއް ނެތި ކައުންސިލުން އެ ގޯތިތައް ނެގުމަށް ނިންމުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަަޖަމަލުhum
Addu ge kaunsilraeesakee hudhumuhuthaaru nulafaa meeheh thee mdpge bodehnu emeehun varah hayaaykudsvaane amaehlamaeh noannaane avahah beyrukurey raees